ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލީހް، ރުކުމާ އަދި ލޯޔަރު ވައްޑެ ޕީޕީއެމްއަށް ސޮއި ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ އެންމެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީޙާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އަބްދުލްކަރީމް (ރުކުމާ)އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ތިން ބޭފުޅުންގެ ފޯމާއި ވެސް ހަވާލުވީ މިވަގުތު އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ކުރިން ޕީޕީއެމްގައި މަސައްކަތް ކުރެއްވި މަލީހު އެންމެ ފަހުން ފެނިވަޑައިގަތީ ޖުމްހޫރީ ޕާޓީންނެވެ. އެ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަންސް މިނިސްޓަރު ކަމަށް ވަޑައިގެން ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އެ މަގާމުން ބޭރުކޮށްލުމުން މަލީހު ވަނީ ޖޭޕީން ވެސް ވަކިވެވަޑައިގެންފައެވެ.

ރުކުމާ އެމްޑީޕީން ވަކިވީ 2019 ވަނަ އަހަރުއެވެ. އަދި ރުކުމާ ވަނީ އެ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވާފައެވެ. ނަމަވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ލޯޔަރު ވައްޑެ ވަނީ 2019 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ވައްޑެއަކީ ޕީޕީއެމްގެ ވެރިކަމުގައި ޕާޓީން ވަކިވުމުން މަޖިލީހުގެ ގޮނޑި ގެއްލުނު 12 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: