ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުތުބާގައި ގޮވާލީ ހަސަދަވެރިކަމާއި، ދެބައޮޑުވުމުން ހިތްތައް ސާފު ކުރުމަށް!

އީދުގެ ނަމާދު ޖަމާއަތުގައި މާލޭގައި/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަސަދަވެރިކަމާއި، ރުޅިވެރިކަމުން އެންމެންގެ ހިތްތައް ސާފުކޮށް އެކުވެރިކަން އިސްކުރުމަށް އަޟްހާ އީދުގެ ހުތުބާގައި ގޮވާލައިފި އެވެ.

އީދު ހުތުބާގައި ބުނީ، މިއަދު މުޖްތަމައުގެ ތެރޭގައި އުފެދިފައިވާ ރުޅިވެރިކަމާއި، ހަސަދަވެރިކަމުގެ ބަލިން ހިތްތައް ތާހިރު ކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް އީދު ވާން ޖެހޭނީ، ނަފްސުތައް ޝަހުވަތްތަކުން މިނިވަންކޮށްދީ، ހަސަދަވެރިކަމާއި ރުޅިވެރިކަމުން މީހާ ސަލާމަތްވާން މަސައްކަތް ކުރާ ދުވަހެއްގެ ގޮތުގައި ކަމަށެވެ. މި އީދަކީ މިއީ މީހުންނާއި މެދު ދެބައޮޑުވުމާއި، ނެތިމޮށުން އަދި ފުރައްސާރައާއި، ދޫ ރައްކާތެރިކޮށްދޭ ދުވެއްގެ ގޮތުގައި ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ހުތުބާގައި ގޮވާލީ، ރުޅިވެރިކަން އެއްފަރާތްކޮށް އެކުވެރިކަން އިސްކުރުމަށެވެ. އަދި ލޯތްބާއި އަޅާލުން އޮތް ސާފު އުފާވެރި ދުވަސްތަކެއް އިހުތިޔާރު ކުރުމަށެވެ. ތިމާއަކީ އަނެކާއަށް ހެޔޮ އެދޭ، އަދި ސާފު ހިތެއްގެ ވެރިއަކަށް ވުމަށް ވެސް ހުތުބާގައި ގޮވާލި އެވެ.

”އެއް ބަޔަކު އަނެއް ބަޔަކަށް މާފު ކުރާށެވެ. ސަލާމްކޮށް ހިތްތައް ސާފުކުރާށެވެ. ހެޔޮކަންތައް ކުރުމުގައި އެއްބާރުލާށެވެ. ނުބައި ކަންތައްތަކާ ދުރުހެލިވާށެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ޒިޔާރަތް ކުރާށެވެ. އީދު ހަދިޔާ ބަދަލުކުރާށެވެ. ސޯޝަލް މީޑިއާގެ ތެރެއިން އީދު ތަހުނިޔާ ބަދަލު ކުރާށެވެ. ޔަތީމުންނަށް އަޅައިލާށެވެ. ރަހިމުގެ ގުޅުން ބަދަހި ކުރާށެވެ. އިސްލާމީ އަހުލާގުން ޒީނަތްތެރިވާށެވެ.“ އީދު ހުތުބާ

އިސްލާމް ދީނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ހުތުބާގައި ބުނެފައިވަނީ، މިއަދު އިސްލާމްދީނާއި، ކީރިތި ގުރުއާނަށް ފުރައްސާރަކޮށް އިހާނެތިކޮށް އަމަލު ކުރުން އިތުރުވެފައިވާ ކަމަށެވެ. ނަބިއްޔާއަށް ފުރައްސާރަކޮށް، މުސްލިމުންގެ މުގައްދަސް ބިންތަކަށް އަރައި، އެތަންތަން ބަޔަކު މީހުން ފޭރިގެން ދަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށާއި، މުސްލިމު ވެރިންގެ އަބުރާއި ފުރާނައަށް ނުރައްކާކޮށް އިސްލާމީ ގައުމުތަކުގެ އިންތަކުގެ ހުރުމަތް ކެނޑުން އާއްމުވަމުން އަންނަ ކަމަށް ހުތުބާގައި ބުންޏެވެ. ޒަމާނަށް އަންނަ ބަދަލުތަކުގެ ނަމުގައި، އިސްލާމީ ތައުލީމު އުނގަންނައިދޭ މަރުކަޒުތަކާއި، ޔުނިވާސިޓީތަކުގެ މަންހަޖުތައް ބަދަލުކޮށް، އިސްލާމީ ތައުލީމު އުނގެނުމާއި މެދު މެދުވެރިކުރާ ފިއްތުންނަކާއި ދެކޮޅަށް ތެދުވާންޖެހޭކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

ހުތުބާގައި ބުނީ އިސްލާމް ދީން ބީރައްޓެހިކޮށް، ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެކަމަށް ބަޔަކު މިއަދު ގޮވަމުން ދާ ކަމަށެވެ. އަދި މުސްލިމުންނާއި، އިސްލާމީ އުންމަތަށް ލިބިގެންވާ ހައްގުތަށް އަރައިގަނެ، އެ ނިގުޅަމުންދާ ބަޔަކު އުފަންވެފައިވާ ކަމަށެވެ. އެހެން ކަމުން، މިއަދު އިސްލާމް ދީން މިވަނީ އިސްލާމް ދީނަށްޓަކައި ގުރުބާންވާ ކެރޭނެ މީހުންނަށް ބޭނުންވެފައިކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

”އިސްލާމީ ޤައުމުތަކުގެ އިންތަކުގެ ޙުރުމަތް ދަނީ ކަނޑަމުންނެވެ. މުސްލިމް ޢިލްމުވެރިންގެ ޤަދަރު ދަނީ ވައްޓައިލަމުންނެވެ. އިސްލާމީ ޔުނިވަސިޓީތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. އިސްލާމް ދީން، މި ވަނީ އެ ދީނުގެ ވަޠަނުގައި ބީރަށްޓެހި ކޮށްފައެވެ…. މިއަދު މިވަނީ އެ މީހުންގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމް ދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް ބޭނުންވެފަ އެވެ. އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުރަން ކެރޭވަރުގެ މުސްލިމް ދަރިންނަށް މިއަދު ވަނީ ބޭނުންވެފަ އެވެ،“ ހުތުބާ

ހުތުބާގައި ވަނީ، އީދުގެ އުފާ ފާޅުކުރަން ވާނީ، މާތްﷲ ގެ އަމުރުފުޅާއި އެއްގޮތަށް މުންކަރާތްތަކުން ދުރުހެލިވެގެން ކަމަށެވެ. އަދި ހުއްދަ ކުރައްވާފައިވާ އިންތަކުގެ ތެރެއިން އީދުގެ އުފާ ފާޅުކުރުމުގައި ގޯހެއް ނުވަތަ މަނާވެގެންވާ ކަމެއް ނެތްކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

މިއަދަކީ މިއީ ގުރުބާނީގެ ދުވަސް ކަމަށާއި، މިއީ މާތް ﷲ އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވި އިބްރާހީމުގެފާނާއި، ލޮބުވެތި ދަރިކަލުން އިސްމާއީލުގެފާނާ ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނުން ފާސްވެ ވަޑައިގަތުމުން މާތް ﷲ އެ ދެބަފައިކަލުންނަށް ތައުރީފުގެ ބަސްވަހީކުރެއްވި ދުވަސް ކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: