ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންޓެއިނަރު ބަރިއެއްގެ މަތިން ވެއްޓި، އެމްޕީއެލްގެ މުވައްޒަފެއްގެ އަތް ބިނދިއްޖެ

އެމްޕީއެލްގެ މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންޓެއިނަރު ބަރިއެއްގެ މަތިން ވެއްޓި، އެމްޕީއެލްގެ މުވައްޒަފެއްގެ އަތް ބިންދައިގެން ހިނގައްޖެއެވެ.

އެމްޕީއެލް އިން ބުނީ މުވައްޒަފަކު ވެއްޓުނީ ދެބަރިއަށް ޖަހާފައި ހުރި ކޮންޓޭނާތަކެއްގެ މަތީގައި ހުރި މީހަކު ހަރުގަނޑެއް ބޭނުން ކޮށްގެން ތިން ބަރިއަށް ޖަހާފައި ހުރި ކޮންޓޭނާތަކެއްގެ މައްޗަށް އަރަން އުޅުނު މުވައްޒަފެއް ކަމަށެވެ. އޭނާ ވެއްޓި އަތް ވިދުނު ގޮތަކުން އުޅަނބޮއްޓާއި ކޮނޑުހުޅާއި ދެމެދުން ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

އޭނާގެ ހާލު ސްޓޭބަލް ކަމަށާއި އޭޑީކޭ އާއި އައިޖީއެމްއެޗް އިން އޮޕަރޭޝަން ކުރެވެން ނެތުމުން މިހާރު އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން ބުނީ މުވައްޒަފުން ވެއްޓުނީ ނުވަވަރަކަށް ފޫޓް މަތިން ކަމަށެވެ. ވެއްޓުނުއިރު ވެސް މުވައްޒަފު ހުރީ ހެލްމެޓާއި އަދި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ވެސް އަޅައިގެން ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: