ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިމާއަށް ވީގޮތެއް ސަރުކާރުން ސާފުކޮށް ނުދޭތީ އާދަމް ޝަރީފްގެ ނުރުހުން!

ލ. ފޮނަދޫ އިން މާމެންދޫއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީއާއެކު ގެއްލުނު އައިމިނަތު ޝިމާ ނާފިޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ފޮނަދޫ އިން މާމެންދޫއަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީއާއެކު ގެއްލުނު މާމެންދޫ އައިމިނަތު ޝިމާ ނާފިޒް ގެއްލުނު މައްސަލަ ސަރުކާރުން ސާފުކޮށް ނުދޭތީ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.

2019 ވަނަ އަހަރުގެ ފެބްރުއަރީ 22 ދުވަހު ހިނގި އެ ހާދިސާއަކީ، އޭރު މީޑިއާތަކުގެ ފަލަ ސުރުހީން ފެނިގެން ދިޔަ އެންމެ ސީރިއަސް އެއް މައްސަލަ އެވެ.

2019 ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައި ޝިމާ ގެއްލުނު މައްސަލައިގައި ބޮޑެތި އަދި ސީރިއަސް ތުހުމަތުތަކެއް ކުރެވެނީ އިބްރާހިމް ފަޒީލަށެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި މައްސަލައިގައި ފަޒީލްއާއި މިހާތަނަށް އެ މައްސަަލައިގައި ތުހުމަތުތަކެއްކޮށް، ސުވާލުކޮށްފައި ނުވެއެެވެ.

ޝިމާއަށް ވީގޮތެއް ސަރުކާރުން ސާފުކޮށް ނުދޭތީ ޓްވީޓެއް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، މިހާ ގިނަ ދުވަސްވީއިރު މައްސަލަ ދިގުލައިގެން ދާންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ޝިމާގެ މައްސަލައަށް ހުރަސް އަޅަނީ ކާކުތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

އާދަމް ޝަރީފް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިނގާފައިހުރި މިފަދަ ހާދިސާތަކުގެ ވާހަކަ ނުދައްކާކަމަށް ބުނެ ވެސް ނުރުހުންފާޅު ކުރައްވާފަ އެވެ.

ޝިމާ ގެއްލުނު ހާދިސާގައި ސުވާލު އުފެދޭ އެތައް ކަންތަކެއް އެބަހުއްޓެވެ. އަދި އޭރު އެކަން މީޑިއާތަކުން ގެނެސްދިންއިރު، މައްސަލައިގައި އެންމެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ފަޒީލްއާއި ބެހޭ މައުލޫމާތުތަކެއް ވެސް ރިޕޯޓު ކުރި އެވެ.

ޝިމާއާއި އެކު ދަތުރު ކުރި ފަޒީލް ބުނާ ގޮތުގައި އެ ދުވަހު ދަތުރު ކުރަނިކޮށް، ކަނޑުމައްޗަށް ޑިންގީ ހުއްޓިނީ އެވެ. އަދި ޑިންގީ ބަންޑުން ޖަހާލީ އޭގެއިން ތެޔޮ ހުސްވެގެން، ތެޔޮ އަޅަން އުޅުމުގެ ތެރޭގައި އިއޮއްސި 06:50 ހާއިރުކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ކުޑަ ޑިންގީއެއްގައި އެ ދެމީހުން ދަތުރު ކުރިއިރު އެއީ މޫސުން ވެސް ގޯސް ދުވަހެއްކަމަށް ލ. ގަމު ކައުންސިލުން ބުނެ އެވެ.

ސަލާމަތްވީ ފަތާފައި ގޮސް، ސިކްސް ސެންސް ލާމް ރިސޯޓަށް އެރުމުންކަމަށް ފަޒީލް ބުނެއެވެ. އޭނާ ބުނިގޮތުގައި ޝިމާ ފެން މަތީގައި އޮތުމަށް ހަމެއް ދީފައި އޭނާ ރިސޯޓަށް އެރީ އެހީ ހޯދުމަށެވެ. އެހެން ނަމަވެސް ދަތުރުކުރި ޑީންގީ އާއި، އޭގައި ހުރި ޝިމާގެ ފޮށި އަދި ފަޒީލްގެ އަންނަނު ވެސް ފެނިފައި ނުވެ އެވެ.

ޝިމާ ހޯދުމަށް އެ އަތޮޅުގެ ވެސް ބޮޑު ސަރަހައްދެއް ބަލާފައި ވެއެވެ. އޭގެ ތެރޭގައި ކައިރި ހިސާބުތަކުގެ ފަޅުރަށްތަކާއި، ފިނޮޅުތައް ވެސް ހިމެނެ އެވެ.

މި ހާދިސާ މަރު ކޮމިޝަނުން ތަހްގީގު ކުރުމަށް އާއިލާއިން ވެސް ވަނީ އެދިފަ އެވެ. ނަމަވެސް އެކޮމިޝަން ރައީސް ސޯލިހް އުފެއްދެވީ 2012 ވަނަ އަހަރުން ފެށިގެން 2018 ނޮވެމްބަރ 17 ވަނަ ދުވަހާއި ދެމެދު ހިނގި ހާދިސާތައް ތަހްގީގު ކުރަން ކަމަށް ވާތީ ޝިމާ ގެއްލުނު ހާދިސާ ތަހްގީގު ކުރުމުގެ މެންޑޭޓެއް ކޮމިޝަނަކަށް ނެތްކަމަށް އޭރު ކޮމިޝަންގެ ރައީސަކަށް ހުންނެވި ހުސްނުއް ސުއޫދު ވިދާޅުވި އެވެ.

ޝިމާ ހޯދުމަށް އެ އަތޮޅުގެ ގާދޫ ވެސް ވަނީ ބަލައި ފާސް ކޮށްފަ އެވެ. ގާދޫ ބަލައި ފާސް ކުރީ ފަޒީލް ދައްކާ ވާހަކަ އާއިލާއިން ގަބޫލު ނުކުރާތީ އާއިލާއިން އެދިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: