ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނގޮޅިތީމު ބަނދަރުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރ.އަނގޮޅިތީމު ބަނދަރު މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނެފައިވަނީ އަނގޮޅިތީމް ބަނދަރުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށިލުމުގެ މަސައްކަތް ޖޫން މަހުގެ 24 ވަނަ ދުވަހު ނިމިފައިވާކަމުގައެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި ސާޅީސް ދެހާސް ކިޔުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކޮށް ހިއްކުމާއި، ދުއިސައްތަ އެކާވީސް މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، ނުވަދިހަ މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިމަސައްކަތްތަކުގެ އިތުރުން އެއްހާސް އެއްސަތޭކަ ދިހަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި، މަގު ބައްތި ޖެހުންވެސް ހިމެނެއެވެ.

މި މަސްރޫޢޫ އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 44.31 މިލިއަން ރުފިޔާއަށް މިމަހުގެ 08 ވަނަ ދުވަހުއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: