ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ އިތުރު މަޖިލިސް މެމްބަރެއް އެމްއެންޕީއަށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވި: އަލީ ސޯލިހު

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް:- ފޮޓޯ_ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ އިތުރު މަޖިލިސް މެމްބަރެއް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެ ދެދަރި ކޮއްކޮ އަހްމަދު އުޝާމަށެވެ.

އުޝާމްގެ އިތުރުން އެ ޕާޓީގައި އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ ޖޭޕީގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.

ރޭ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ އެމްއެންޕީ އަކީ ޖޭޕީގެ ތެރެއިން އުފެދުނު ޕާޓީއެއްގެ ގޮތުގައި ގަބޫލުނުކުރައްވާކަމަށާއި ނަމަވެސް ޖޭޕީގެ ތެރެއިން އެ ޕާޓީއާ ގުޅުނު ދެ މެމްބަރުންނަކީ ޖޭޕީގެ ފަރާތުން މަޖިލީހަށް ހޮވިފައިވާ ދެ ބޭފުޅުންކަމަށް ގަބޫލްކުރައްވާކަމަށެވެ.

“ޖޭޕީގެ ތެރެއިން މަޖިލީހަށް ހޮވިފައި ތިއްބެވި އިތުރު ބޭފުޅަކު، އަޅުގަނޑުމެންނަށް ވަރަށް ކަށަވަރު ކޮށްދެއްވާ އެ ބޭފުޅުން އެމްއެންޕީއަށް ވަޑައިނުގަންނަވާނެ ކަމަށް. އެ ބޭފުޅުންނަށް އަޅުގަނޑުމެން ވަރަށް އިތުބާރުކުރަން. އިތުބާރު ކުރަން ޖެހޭ ސަބަބުތަކެއް އެބަހުރި، އެއީ އެ ބޭފުޅުން އަމިއްލައަށް އެވާހަކަ ވިދާޅުވުމާއި، މާޒީގައި އެބޭފުޅުންގެ އަމަލުތައް ހުރި ގޮތުންވެސް އެނގޭ އެކަން.” އަލީ ސޯލިހު ވިދާޅުވިއެވެ.

މިސާލަކަށް އަލީ ސޯލިހު ނެންގެވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ. އެގޮތުން 2018ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަންނިން މޭޓުގެ މަގާމު ނުލިބުމުން ގިނަ ބަޔަކު ގަބޫލު ކުރީ އޭނާ ޖުމްހޫރީ ޕާޓީ ދޫކުރައްވާނެ ކަމަަށް ކަމަށާއި ނަމަވެސް އޭގެ އަނެއް ދުވަހު ފެނުނީ ކެމްޕެއިންގެ އެންމެ އިސް ސަފުގައި ހުންނެވިތަން ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ހުސައިން، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާ މައްސަލައާ ގުޅިގެން އަލީ ސޯލިހު ވިދާޅުވީ ބިނާކުރުވަނިވި ފާޑުކިޔުންތައް މި ސަރުކާރުން ބަލައިގަންނަ ކަމަށާއި އެއީ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 25%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: