ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްތަކުގެ ވެރިންނާއެކު އުޅެނީ ވަކީލުންތޯ ނޫނީ ޕީޖީތޯ ބަލަންޖެހޭ: ރައީސް ޔާމީންގެ ވަކީލު

ރައީސް އަބްދުﷲ ޔާމީންގެ ވަކީލް އާދަމް ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްތަކުގެ ވެރިންނާއިއެކު އުޅެނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވަކީލުންތޯ، ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލްތޯ ބަލަންޖެހޭކަމަށް ރައީސް ޔާމީންގެ ވަކީލު އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫ ކުރުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ. އެ މައްސަލައިގައި ރައީސް ޔާމީން ތަހުގީގަށް ދެއްވާފައިވާ ބަޔާން މީޑިއާއެއްގައި ލީކުވެފައިވާއިރު، އެ މައްސަަލައިގައި ޕީޖީގެ މީޑިއާ ގްރޫޕުގެ ތެރޭގައި ވެސް ހޫނު ބަހުސްތައް ކުރެވުނެވެ. އަދި ބަޔާން ލީކުވީ ޕީޖީގެ އެތެރެއިންކަމަށް ބުނެ ނޫސްވެރިން ސުވާލު ކުރުމުން ތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގަށް ރައީސް ޔާމީން ދެއްވި ބަޔާން ލީކުވީ ޕީޖީގެ ތެރެއިން ނޫންކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެއަށް ފަހު އެ މައްސަލައިގައި މީޑިއާއަކަށް މައުލޫމާތު ދީ، ޕީޖީ ޝަމީމް ވަނީ ބަޔާން އެންމެ ފަހުން ލިބިފައިވަނީ ރައީސް ޔާމީންގެ ވަކީލުންނަށްކަމަށް ވިދާޅުވެފައެވެ. އެ ތުހުމަތުތައް ދޮގުކޮށް، ރައީސް ޔާމީންގެ ވަކީލު ޝަމީމް ވަނީ ޕީޖީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މި މައްސަލައާއި ގުޅިގެން ނޫސްތަކުގެ ވެރިންނާއި އަދި އެ ނޫހުގެ ވެރިންގެ ލޯފާމަށް ގޮސްއުޅެނީ ރައީސް ޔާމީންގެ ވަކީލުންތޯ ނުވަތަ ޕީޖީއިންތޯ ޝަމީމް ވަނީ ސުވާލުކޮށްފަ އެވެ.

މީގެއިތުރުން ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލާކަމަށް ބުނެ ޝަމީމް ވަނީ ޕީޖީއަށް ތުހުމަތު ކޮށްފައެވެ. އަދީ އޭނާއަކީ ސަރުކާރުގެ އޭޖެންޓެއް ކަމަށާއި، ރައީސް ޔާމީންގެ އަދާވާތްތެރިއެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ރައީސް ޔާމީންގެ ދުޝްމަނުންނާއި އެކު އެއްބަސްވުން ހަދައި އެމަނިކުފާނު ފްރޭމްކޮށް، ބޮޑެތި ގެއްލުންތައް ދިނުމުގައި ޕީޖީގެ އަތެއް ވާކަމަށެވެ. ޝަމީމްގެ ޓްވީޓްގައި އޭނާ ވަނީ ވަކި މީހެއްގެ ފައިލް އަތުގައި ބާއްވައި، ވަކި މީހަކު ފުރުވާލާފައިވާކަމަށް ވިދާޅުވެފަ އެވެ.

ބެލެވޭ ގޮތުގައި ޝަމީމް މިހެން ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ޖިންސީ ގޯނާގެ ތުހުމަތުގައި 7 ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާއި ގުޅިގެންނެވެ. މައްސަލައިގައި ތަފާތު އެކި ތުހުމަތުތައް ސަރުކާރަށް ކުރެވެ އެވެ. ސަރުކާރުން އަޑީގައި އޮވެ، އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލީކަމަށް ވާހަކަ ދެކެވޭއިރު، މިއަދާއި ހަމައަށްވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: