ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްބެސަޑާ ބްރޭންޑްގެ ”ވެޖިޓަބަލް ކްރީމް“ ނުވިއްކަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްބެސަޑާ ބްރޭންޑްގެ ”ވެޖިޓަބަލް ކްރީމް“ ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ބުނީ ”ލޯކަސްޓް ބީން ގަމް“ ނަމަކަށް ކިޔާ އިންގްރީޑިއަންޓެއް ”އެމްބެސަޑަރ“ ބްރޭންޑްގެ ”ވެޖިޓަބަލް ކްރީމް“ އުފެއްދުމުގައި ބޭނުންކޮށްފައިވާ ކަމަށާއި އެ އިންގްރީޑިއަންޓް ”އެތިލީން އޮކްސައިޑް“ ކިޔާ ކެމިކަލް އަކުން ތަޣައްޔަރުވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އަންގާފައިވާ ކަމަށެވެ.

އަދި އެ އުފެއްދުން ރާއްޖެއަށް އެތެރެވެފައި ވާތީ، އެ އެލާޓްއާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ގޮތެއް އަންގަންދެން އެމްބެސަޑާ ބްރޭންޑްގެ ”ވެޖިޓަބަލް ކްރީމް“ އެތެރެނުކުރުމަށާއި އަދި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: