ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރު ކޮމިޝަނަށް ހެކިބަސްދޭ މީހުންނަށް ރައްކާތެރިކަން ދެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މަރު ކޮމިޝަނަށް ހެކިބަސްދޭ މީހުންނަށް ރައްކާތެރިކަން ފޮރުކޮށްދިނުމުގެ މަސައްކަތް ފަށުމަށް ތާއްޔާރުވަމުން އަންނަކަން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ހާމަކޮށްފިއެވެ.

މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޝްވާން އަބްދުﷲގެ މައްސަލައިގެ ހަގީގަތް ހޯދައި، އެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮމިޝަނުން ކުރަމުންދާ ކަމަށާއި އެގޮތުން، ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންނާއި ރާއްޖެ އިން ބޭރުގައި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާ ކާރުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

މަރު ކޮމިޝަނުން ބުނީ ރިލްވާނުގެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގުގެ މައިގަނޑު އަމާޒަކީ، ރިލްވާން ގެއްލުވާލުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ މީހުންގެ ތެރެއިން، އެ ޖަރީމާ
ހިންގުމުގައި ކުޑަނަމަވެސް ބައިވެރިވުމެއް އޮތް މީހަކު ވާނަމަ، އެ މީހަކު ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، އެ މީހަކު އެ ކުށުގައި ބައިވެރިވެފައިވާ މިންވަރަކާ ގުޅިގެން ޒިންމާ ކުރުވައި، މި މައްސަލައިގައި އިންސާފު ހޯދައިދިނުން ކަމަށެވެ.

ތަހުގީގު ކުރިއަށް ގެންދިއުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ކޮމިޝަނުން އެ ހުރަސްތަކުން އަރައިގަތުމަށް މަސައްކަތްތަކެއް ކޮށްފައި ކަންވެސް ބަޔާނުގައި ފާހަަގަކޮށްފައިވެ އެވެ. އަދި ރިލްވާންގެ މައްސަލައިގެ މައުލޫމާތު އެނގިތިބި ބަޔަކު ހެކިބަސް ދިނުމަށް ސަބަބުތަކަކާ ހުރެ ޖެހިލުންވާތީވެ، އެކަމަށް ހައްލު ހޯދުމުގެ ގޮތުން ދައުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ މަޝްވަރާކޮށްގެން ގާނޫނީ އިމުގެ ތެރެއިން ހެކިންނަށް ރައްކާތެރި މާހައުލެއް ހަމަޖެއްސޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

“މިޕޮރޮގްރާމް ކުރިއަށް މި ގެންދަނީ ރާއްޖޭގެ އިޖުތިމާއީ، ދީނީ، ސިޔާސީ އަދި އާބާދީގެ މައްޗަށް ރިއާޔަތްކޮށް ރާއްޖެ ފަދަ ގައުމެއްގައި މި ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތެއް ބަލައި، އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން” ބަޔާނުގައިވެ އެވެ.

މަރުގެ މައްސަލަތަކާއި، ރޭވިގެން ހިންގޭ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް ފަދަ ހެކިންގެ ހެކިބަހުގެ މައްޗަށް ބަރޯސާވާ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގައި އެ މައްސަލަތަކުގައި ހެކިބަސް ދޭ މީހުންނަށް ރައްކާތެރިކަން ލިބިގެންދާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައި އޮތުން ރާއްޖެ ފަދަ ގައުމަކަށް މުހިއްމު ކަމަށްވެސް ބަޔާނުގައި އެވެ. ކުށްތަކާ ގުޅޭ މައުލޫމާތު އެނގިތިބި ފަރާތްތަކަށް، ހެކިބަސް ދިނުމުގެ ބޭނުންތެރިކަމާއި، އެކަމުގެ މުހިއްމުކަމާއި އަދި އެ ދެވޭ ހެކިބަހުގެ ސަބަބުން ހެކިބަސްދޭ ފަރާތަށް ނުރައްކަލެއް ނެތްކަމުގެ އިހުސާސްކުރެވޭނެ މާހައުލެއް ގާއިމުކުރަންޖެހޭ ކަމަށް ކޮމިޝަނުން ދެކޭ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: