ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވެ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސް ދުވަހެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުން ގޯސްވެ، ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ހުދު އެލާޓް ނެރެފިއެެވެ.

ހުދު އެލާޓްނެރެފައިވަނީ، ގއ. އަަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ސަރަހައްދުތަކަށެވެ. މި ސަރަހަށްދުތަކަށް އެލާޓް ނެނެފައިވަނީ މިއަދު 9:30 އިން ފެށިގެން މެންދުރުފަހު 15:30 އަށްށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މި ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު މޫސުން ވަރަށް ގޯހެވެ.

މިއަދު ހެނދުނު ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މެންދުރާއި ހަމައަށް ހުދު ސަމަލު ނެރެފައިވާއިރު، މެޓް އޮފީހުން ވަނީ ދެކުނުގެ އެކި އަތޮޅުތަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލުނެރެފައެވެ.

އަދި މިސަރަހައްދުތަކަށްވެސް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: