ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭ ތާރީހް ނޮވެމްބަރު ފަހުކޮޅާއި ހަމައަށް ފަސްކޮށްފި

އެލްޖީއޭގެ ބޯޑު ބައްދަލުވުމެއް—
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން ހެދުމަށް ހަމަޖެހިފައިވާ ރަށު ތަރައްޤީގެ ޕްލޭން އެކުލަވާލަންޖެހޭނީ ނޮވެންބަރު މަހުގެ ފަހުކޮޅުކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެލްޖީއޭއިން ކައުންސިލްތަކަށް އިއްޔެ ސިޓީއެއް ފޮނުވާފައިވާއިރު، ރާއްޖޭގައި ފެތުރެމުން ގެންދާ ކޮވިޑުގެ ހާލަތާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ލޮކްޑައުންކުރުމާއި، އަތޮޅު ތެރެއިންވެސް މިބަލި ފެނި ގިނަ ރަށްތަކެއް މޮނިޓަރިންއަށް ލާފައިވާކަން ފާހަގަކޮށް އެލްޖީއޭއިން ބުނީ މިކަމާއި ގުޅިގެން ގިނަ ބަޔަކު އެއްވެ މިފަދަ ބައްދަލުވުންތައް ބޭއްވޭފަދަ މާހައުލެއް ގިނަ ރަށްރަށުގައި ނެތިފައިވާކަން ފާހަގަކުރެވޭކަމަށެވެ.

އަދި ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ޕްލޭން ނިންމުމުގައި ކައުންސިލްތަކަށް ދަތިތަކެއް ހުރިކަން އެއޮތޯރިޓީއަށް ފާހަގަކުރެވިފައިވާކަމަށްވެސް އެލްޖީއޭއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ޤާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވަމުން ދިއުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ގާނޫނުގައި ކައުންސިލުތަކުން ނިންމުމަށް ކަނޑައަޅާފައިވާ ޓައިމްލައިންތަކަށް އިތުރު މުއްދަތު ދިނުމަށް ނިންމާފައިވާކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

އަދި ކައުންސިލްތަކުގެ މަސައްކަތް މިންކޮށް ރޭންކުރުމަށް އެލްޖީއޭއިން އެކުލަވާލާ ޕާރފޯމަންސް އިންޑެކްސްއަށް މައުލޫމާތު އެއްކުރުމަށްޓަކައި ޕްލޭން ތައްޔާރުކޮށް އެ އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ތާރީހަކީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަސް ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: