ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ މެމްބަރުކަމަށް ފަސް ބޭފުޅެއްގެ ނަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.

އީސީގެ މެމްބަރު ކަމުގެ މަގާމު ހުސްވެފައިވަނީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މިއަދުގެ މަޖިލީހަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ އީސީގެ މެމްބަރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުވާފައެވެ.

އެގޮތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބޭފުޅުންގެ ނަންތަކަކީ މުހައްމަދު އާސިފް، ޝަހްދާ އިސްމާއީލް، އަޒްލީނާ އަހްމަދު، އަހްމަދު މަންސޫރު އަދި ހަނީފާ ހާލިދު އެވެ. މިބޭފުޅުންގެ ތެރެއިން މުހައްމަދު އާސިފާއި ހަނީފާ ހާލިދު އެވެ.

މިބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހެޅުއްވުމުން އެ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށެވެ. އީސީގެ މެންބަރު ކަމަށް ފަސް ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް މަޖިލީހުން ރުހުން ދޭނީ އެއް ނަމަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: