ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދާ އިމްޕޯޓް ކުރާއިރު އޮންލައިން ޕޯޓަލްއިން ފައިސާ ދެއްކުމަށް އެމްޕީއެލުން ބުނެފި

އެމްޕީއެލްގެ މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މުދާ އިމްޕޯޓް ކުރާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަންގައިފިއެވެ.

މިފަދައިން އިމްޕޯޓް ކުރުމަށް ނިންމީ މުދާ އިމްޕޯޓް ކުރާ ފަރާތްތަކުން ހޯދާ ޚިދުމަތްތަކަށް ލުއި ފަސޭހަކޮށް ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި މިއީ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނީ ކުރުމަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ހިމަނާފައިވާ ކަމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޕީއެލްއިން ބުނީ މި ބަދަލު ގެނައިީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ޚިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިޤްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު މަދުކުރުމުގެ އިތުުރުން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން އެންގުމުންކަމަށެވެ.

ހަމައެހެންމެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކެން ހުންނަ ޚިދުމަތްތަކަށް އެ ކުންފުނީގެ ބޭންކް އެކައުންޓަށް ސީދާ ފައިސާ ޓްރާންސްފަރ ކޮށްގެން ފައިސާ ބަލައިގަތުމުގެ ޚިދުމަތް ހުއްޓާލުމަށް ނިންމާފައިވާ ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.

އޮންލައިންކޮށް ފައިސާ ދައްކާއިރު އޮންލައިން ޕޯޓަލް މެދުވެރިކޮށް ދައްކާ ފައިސާގެ ރަސީދު ޕޯޓަލުން ފެންނަން ހުންނާނެ ކަމަށާއި، އެ ޕޯޓަލުންދޭ ޚިދުމަތްތައް ފިޔަވާ އެހެނިހެން ޚިދުމަތްތައް ހޯދާ މީހުންނާއި، ބޯޓުފަހަރުގެ އެޖެންޓުން ފައިސާ ދެއްކުމަށް އަމަލު ކުރަމުންދާ އުސޫލަށް އަމަލު ކުރުމަށް އެމްޕީއެލްއިން ވަނީ އަންގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: