ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިޔަށްދަނީ

ހިމަންދޫގައި ކުރިއަށް ގެންދާ މަޝްްރޫއުގެ މަސައްކަތް ކުރިއަށްދާ ގެއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ހިމަންދޫގައި ގާއިމްކުރަން ހަމަޖެހިފައިވާ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށި ހަލުވި ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ހިމަންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުން ސާމާނު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމުގެ މަސައްކަތް މިވަގުތު ކުރަމުން ގެންދާކަމަށް އެކުންފުނިން ހާމަކުރެއެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން 6.35 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުން ހިމެނޭކަމަށް އެކުންފުނިން ބުނެއެވެ. އަދި ފެން އުފެއްދުމަށް 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް 3 ޓާންގީ ބެހެއްޓޭނެ ކަމަށްވެސް އެކުންފުނިން ވަނީ މައުލޫމާތުދީފައެވެ.

ހަމައެހެންމެ ހިމަންދޫ ގޭތަކުގައި ފެންމީޓަރ ޖަހައި، ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި، ރައްކާތެރި ބޯފެން ފޯރުކޯށްދިނުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރެވިގެންދާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެމްޑަބްލިއުއެސްސީން ބުނާގޮތުގައި މި މަޝްރޫއުގެ މަސައްކަތަކީ 540 ދުވަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

އަދި ހިމަންދޫގައި ކުރިޔަށް ގެންދާ މި މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޑަބްލިޔުއެސްސީއާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫޢުގެ އަގަކީ ޖުމްލަ 65,834,544.82 މިލިއަން ދިވެހި ރުފިޔާކަމަށް އެކުންފުނިން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: