ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނގުރާ ބުއި މީހެއްގެ ގައިގައި ދުއްރައިން ތަޅަން ހުކުމްކޮށްފި

ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަނގުރާބުއި ކަމަށް އިއުތިރާފްވި މީހެއްގެ ގައިގައި ދުއްރައިން 40 އެތިފަހަރު ޖެހުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދުއްރައިން އޭނާގެ ގައިގައި ޖެހުމަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގައި ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

އަދި މައްސަލަ ބެލުމަށްފަހު އޭނާގެ މައްޗަށް ހުށަހަޅާފައިވާ ބަނގުރާ ބުއިމުގެ ކުށުގެ ދައުވާގައި އޭނާ މިދިޔަ އަހަރުގެ މާރިޗް މަހުގެ ހަތަރު ވަނަ ދުވަހު މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ކަމަށް ބަޔާންކޮށްފައިވެއެވެ.

މި މައްސަލާގައި މަސްތުވުމަށް ބަނގުރާ ބޭނުންކުރިކަމަށް އޭނާ ވަނީ އިއުތިރާފްވެފައެވެ. މިކަމާއި ގުޅިގެން އޭނާގެ ގައިގައި 40 (ސާޅީސް) އެތިފަހަރުން ޖަލްދުކުރުމަށް ހުކުމްކޮށް، އޭނާ ނުވަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިކަން މިހެންވީނަމަވެސް އޭނާއަށް ދިނުމަށް ކަނޑައެޅާފައިވާ އަދަބަށްވުރެ ގިނަ ދުވަހު ޖަލުގައި އުޅެފައިވުމާއި ގުޅިގެން އޭނާ ތަންފީޒުކުރަން ޖެހޭ ޖަލު ހުކުމެއް ނެތް ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 40%ހައިރާންވެއްޖެ 40%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: