ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެރިފައި ކުރަނީ!

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެރިފައި ކުރުމަށް ފާސްކޮށްފި އެވެ.

މިފަދައިން މެމްބަރުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެރިފައިކުރުމަށް ފާސްކުރީ ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ މެމްބަރުންގެ އެކައުންޓްތައް ވެރިފައި ކުރުމަށް ހުށަހެޅުމުންނެވެ.

މެމްބަރުންނަށް ވެގެން އެބޭފުޅުންގެ ނަމުގައި މީސްމީޑިޔާގައި ފޭކް އެކައުންޓްތައް ހަދައި ފަސާދަ އުފައްދަން ބަޔަކު މަސައްކަތް ކުރާކަން ފާހަގަކުރައްވައި އޭނާ ވަނީ މިފަދަ ކަންކަން މިހާރު ކަންބޮޑުވާ ހިސާބަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިފަދައިން ކަންކަންކޮށް ބަޔަކު ނުބައި އަދި ސައްހަ ނޫން މައުލޫމާތު ފަތުރަން މަސައްކަތްކުރާކަމަށް ވިދާޅުވެފަ އެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށް މަޖިލިސް މެމްބަރުންގެ އެކައުންޓްތައް ވެރިފައިކޮށްދިނުމަކީ ވަރަށް ބޭނުންޖެހިފައިވާކަމެއް ކަން ފާހަގަކުރައްވައި އޭނާ ވަނީ މެމްބަރުންގެ އެކައުންޓްތައް ވެރިފައިކޮށްދިނުމަށް އެދިފައެވެ. އަދި ކޮމިޓީގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ވަނީ ފާސްކުރައްވާފައެވެ.

އެ ހުށަހެޅުން ފާސްވުމުން އެ ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވަނީ ސޯޝަލް މީޑިއާ އެކައުންޓްތައް ވެރިފައިކުރުމަށް އިންތިޒާމުތައް ހަމަޖައްސާދިނުމަށް މަޖިލީހުގެ ސެކްރެޓޭރިއަޓްގައި ދަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: