ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ޕެޓިޝަނަކީ އެމްޑީޕީން އެންޑޯޒް ކޮށްގެން ކުރާކަމެއްނޫން: ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ޕެޓިޝަނަކީ އެމްޑީޕީން އެންޑޯޒްކޮށްގެން ތައްޔާރު ކުރާ ޕެޓީޝަނެއް ނޫންކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ އެ ހަރަކާތުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ސޮއި ކުރައްވާފައެވެ. މާލޭގައި އެ ހަރަކާތް ކުރިއަށް ގެންދަނީ ހެންވޭރުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައެވެ.

މި ޕެޓިޝަނާ ގުޅިގެން ހަސަން ލަތީފް މިއަދު ވިދާޅުވީ އެއީ އެމްޑީޕީގެ އެއްވެސް ގުނަންތަކަކުން ސޮއިކޮށްގެން ހަދާ ޕެޓިޝަނެއް ނޫންކަމަށާއި އެމްޑީޕީން އެންޑޯޒްކޮށްގެން ކުރާ ކަންކަމަކީ އެހާ ފަނޑުކޮށް ކުރެވޭ ކަމެއް ނޫންކަމަށެވެ. އެމްޑީޕީން ރަސްމީކޮށް އެންޑޯޒްކޮށް ޕާޓީގެ ގޮފިތަކާއި، ގުނަންތަކުން ނިންމާ ކަންކަމަކީ ވަރަށް ފޯރީގައި ކުރިއަށްދާނެ ކަންތައްތަކެއްކަމަށް ހަސަން ވިދާޅުވިއެވެ.

“އެމްޑީޕީން ކަމެއް އެންޑޯޒް ކުރެވިގެންދާއިރު ހަމަޔަގީނުންވެސް މީޑިއާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެގިވަޑައިގަންނަވާނެ. އަދި ޕާޓީގެ މެމްބަރުންނަށްވެސް ވަރަށް ސާފުކޮށް އެގޭނެ.” ހަސަން ވިދާޅުވިއެވެ.

އަތޮޅުތަކުގެ ރަށްރަށަށް ވެސް މި ޕެޓިޝަންގެ ދެލި ކޮޕީތައް ފޮނުވައިގެން ސޮއި ގިނަ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، އެ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއި ކޮށްދިނުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވައިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: