ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ހުރީ ގެޓްވިކްގެ ޑިޓެންޝަން ސެންޓަރުގައި!

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވަނިކޮށް ޖިންސީ ގޯނާގެ ތުހުމަތުގައި މަގާމުން ވަކި ކުރި އަލީ ވަހީދު އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވީ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރެއްގައިކަމަށް މައުލޫމާތު ލިބެއްޖެ އެވެ.

ނޫސްވެރިންނާއި ބައްދަލު ކުރާނެކަމަށް ބުނެ ޓްވީޓެއް ކުރިތާ މާ ގިނަ އިރުތަކެއް ނުވެ އަލީ ވަހީދު އިނގިރޭސިވިލާތުގެ ފުލުހުން ހައްޔަރު ކުރީ ވިސާގެ މައްސަލައިގަ އެވެ. އެނގިފައިވާ ގޮތުން އަލީ ވަހީދު ހައްޔަރު ކުރީ ރާއްޖޭގެ ސަރުކާރުން އެކަން ރިޕޯޓުކޮށްގެންނެވެ.

އަލީ ވަހީދު ބޭނުންވީ ސިޔާސީ ބައެއް މީހުން ކޮމްޕްރޮމައިޒް ވާނެފަދަ ބައެއް އޯޑިއޯތަކާއި ލިޔެކިއުންތަކެއް ލީކު ކުރުމަށެވެ. އެހެން ނަމަވެސް މި ބައްދަލުވުން ބާއްވާނެކަމަށް ބުނި ގަޑީގެ 30 ވަރަކަށް މިނެޓު ކުރިން އޭނާ ހައްޔަރު ކުރީ އެވެ. އެކަން އަލީ ވަހީދުގެ ގާނޫނީ ވަކީލުން ވެސް ކަށަވަރުކޮށް ދެއްވަ އެވެ.

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދުގެ ޝަރީއަތެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށް އޭނާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވި އެވެ. ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށް އެ ކޯޓުން ބުނީ، އަލީ ވަހީދު ހައްޔަރުކޮށްފައިވާކަން އޭނާގެ ވަކީލުން އަންގާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ގާނޫނީ ވަކީލުން ބުނެފައިވާ ގޮތުން އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގެ ގެޓްވިކް އެއާޕޯޓުގައި ހުންނަ ޓިންސްލޭ ހައުސް ޑިޓެންޝަން ސެންޓަރުގައެވެ. ހަމައެހެންމެ އިމިގްރޭޝަންގެ މައްސަލަތަކާއި ގުޅިގެން ބަންދުކުރެވޭ މީހުން ބަހައްޓާ އެ ޑިޓެންޝަން ސެންޓަރު ބަލަހައްޓަނީ GS4 ނަމަކަށް ކިޔާ ޕްރައިވެޓް ސެކިއުރިޓީ ދޭ ބަޔެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އަލީ ވަހީދު ހައްޔަރުކޮށްގެން ގެންދާ މަންޒަރު ހާމަވާ ވީޑިއޯއެއްވެސް ޝޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ. ހަމައެހެންމެ އަލީ ވަހީދު، އިނގިރޭސިވިލާތުގެ ހިމާޔަތަށް އެދުން ވާހަކައަކީ މުޅިން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާޢި، އެއްވެސް ގޮތަކަށް ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށް ފެތުރެމުންދާ ވާހަކަތަކަކީވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާގެ ގާނޫނީ ވަކީލުން މައުލޫމާތުދޭކަމަށް އިތުބާރު ހުރި މަސްދަރުތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

އަލީ ވަހީދު ހައްޔަރުކުރުމާއި ގުޅޭ ގޮތުން ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުން ބުނީ އަލީ ވަހީދު ހައްޔަރު ކުރިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންނާއި ގުޅޭ އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: