ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްފަރިއަށް އެރި އާގުބޯޓުން ތެޔޮ ލީކުވާނެހެނެއް ހީއެއް ނުވެ: އެމްއެންޑީއެފް

ރަސްފަރި ފަރަށް އުރުނު ބޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ބުރާސްފަތި ދުވަހު ކ. ރަސްފަރީ ފަރަށް ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ ކާގޯ އުފުލާ ބޯޓެއް އުރުނު ހާދިސާގައި ތެޔޮ ލީކު ވާނެހެން ހީނުވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑަންޓް ކާނަލް މުހައްމަދު ސަލީމު ވިދާޅުވީ އެމް.ވީ. ނަވިއޯސް އަމާރީލިސް ރާއްޖޭގެ ސަރަހައްދަށް ވަތްކަން 17 ވަނަ ދުވަހު އެނގިފައިވާކަމަށެވެ. އެ ބޯޓަށް މެދުސަމާލުކަމެއް ދީފައިވނުވާކަން ފާހަގަކުރައްވައި ކޮމާންޑަރ ސަލީމް ވިދާޅުވީ އެއީ އެ ބޯޓަކީ ޝިޕިންގައި ހަރަކާތްތެރިވި ބޯޓަކަށް ވުމުން ކަމަށެވެ. އަދި ނުރައްކަލެއް ވުން އެކަށީގެން ނުވާކަމަށެވެ.

ހަމައެހެންމެ މިފަދަ ހާދިސާތައް ޔޫރަޕްގެ ހިސާބުތަކުގައިވެސް ދިމާވެފައިވާކަން ފާހަގަކުރައްވައި ކޮމާންޑަރ ސަލީމް ވިދާޅުވީ ރާއްޖޭގައި ދިމާވި ހާދިސާއާއި ގުޅިގެން ވީހާވެސް އަވަހަކަށް އެމްއެންޑީއެފްއިން ހަރަކާތްތެރި ވާން ފެށިކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީން އިސްވެ ބައްދަލުވުންތަކެއް ބޭއްވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް ކޮމާންޑަރ ސަލީމް ވިދާޅުވީ މިފަދަ ހާދިސާއެއް ހިގައިފިނަމަ، އެ ހާދިސާގައި ހިމެނޭ ފަރާތަކަށް އެކަން ހައްލު ކުރުމަށް ފުރުސަތުތަކެއް ދިނުމަށް ގާނޫނީ ގޮތުން ޖެހޭ ކަމަށެވެ. އަދި އެބޯޓުގައި ތިމާވެއްޓަށް ނުރައްކާވެދާނެފަދަ އެއްޗަކަށް ހުރީ އުޅަނދު ދުއްވަން ބޭނުން ކުރާ ތެޔޮ ކަމަށާއި، އޭގައި ކޮންމެވެސް މިންވަރަކަށް ޑީސެލް ހުރިނަމަވެސް އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންކަމަށް ކޮމާންޑަރ ސަލީމް ވިދާޅުވިއެވެ.

މި ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި މި އާގު ބޯޓު ފަރަށް އަރައިފައިވަނީ އިންޖީން ހުއްޓުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: