ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ޕާޓީ ދާނީ ކުރިޔަށް، މިއީ މި ރާއްޖޭގައި ފިކުރެއް: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީ އަބަދުވެސްދަނީ ކުރިޔަށް ކަމަށާއި އެ ޕާޓީއަކީ ފިކުރެއް ކަމަށް، އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިމްރާން މިހެން ވިދާޅުވީ، އަދާލަތު ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހދ.ވައިކަރަދުއަށް ކުރެއްވި ދަތުރާއި ގުޅިގެން ވިދާޅުވަމުން މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެެވެ. އަދި މި ޓްވީޓްގައި، އެރަށަށް ވަޑައިގެން ވައިކަރަދޫގައި އަދާލަތަށް ތާއީދުކުރާ މީހުންނާއި މުހާތަބުކުރައްވާ މަންޒަރު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

ބައިކަރަދޫއަށް ވަޑައިގެންނެވުމަށްފަހުގައި އަދާލަތު ޕާޓީއަށް އޮތް ތާއީދު ބައްލަވައި، އެ ޕާޓީ ކުރިޔަށް ދާނެކަމަށް ޔަގީންވާކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި އެ ޕާޓީއަކީ ފިކުރެއްކަމަށާއި، ވައިކަރަދޫ ރައްޔިތުން އެދޭފަދަ ޝަރަފުވެރި ފިކުރެއްކަމަށްވެސް މިނިސްޓަރ ޢިމްރާންގެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ވެރިކަން ކުރާ ސަރުކާރުގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އަދާލަތު ޕާޓީ ހިމެނޭއިރު، އެ ޕާޓީ އަކީ ރާއްޖެއަށް އުފަންވި ތިންވަނަ ސިޔާސީ ޕާޓީއެވެ.

އަދި އެޕާޓީއަށް މީހުން އިތުރުކުރުމަށް އަދާލަތުންދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: