ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަަށް އުދުވާނީ ހަމަލާ ދޭން މަސައްކަތް ކުރޭ: ޝަމާލް

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އަމާޒުކޮށް އުދުވާނީ ހަމަލާތައް ދޭން މަސައްކަތްކުރާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝާމާލް މިހެން ވިދާޅުވީ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޝަމާލް ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔެއާ އެކު ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ދިވެހި އަސްކަރިއްޔާ އިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ތަމުރީން ޕްރޮގުރާމުތައް ހިންގަމުން އަންނަ ކަމަށެވެ.

ޝަމާލު ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެއްޓަށް ބޮޑެތި ބަދަލުތަކެއް ވަމުންދާ ކަމަށާ މި ސަރަހައްދުގެ ރައްކާތެރި ކަމަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތުން ސަލާމަތީ މަސްރަހު ކިލަނބުވެފައިވާ މިދުވަސްވަރު ހައިބްރިޑް އިންޒާރުތަކާއި އެކިއެކި ނުރައްކާތެރި ފަރާތްތަކުން އުދުވާނީ ހަމަލާތައް ރާއްޖެއާ ދިމާލަށް އަމާޒުކުރާ ކަމަށް ވިދާޅުވިއެވެ.

“ސަލާމަތީ މަސްރަހު ކިލަނބުވެފައިވާ މި ދުވަސްވަރު ހައިބްރިޑް-ތްރެޓްތަކާއި އެކިއެކި ނުރައްކާތެރި ފަރާތްތަކުން އުދުވާނީ ހަމަލަތައް ވެސް ރާއްޖެއާއި ދިމާލަށް ދަނީ އަމާޒު ކުރަމުން،“ ޗީފް ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ ކަންކަމާ ކުރިމަތިލުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިވާ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމަށް ދަނީ މަސައްކަތް ކުރައްވަމުން ކަމަށް ޝަމާލް ވިދާޅުވިއެވެ.

ވަރަށް ގަދަ
23%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 34%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 17%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: