ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީކުވި އޯޑިޔޯތަކާއެކު ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި މަޖިލީހުގައި އިހުތިޖާޖު ކުރަނީ!

މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖްކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޯލިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުތައް ފަށައިފިއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި މަޖިލީހުގައި އިހުތިޖާޖުތައް ފަށާފައިމިވަނީ ރައީސް ޔާމީނަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ ފަނޑިޠާރުންގެ ބެންޗަށް ނުފޫޒު ފޯރުވައިގެންކަމަށް ބުނެ ބައެއް ފަނޑިޔާރުން ދައްކާފައިވާ ވާހަކަތަކުގެ އޯޑިޔޯތައް ލީކުވެފައި ވަނިކޮށެވެ. މިހާތަނަށް އައިއިރު ތިން ފަނޑިޔާރެއްގެ މިފަދަ އޯޑިޔޯތައް ވަނީ ލީކުވެފައެވެ.

މަޖިލީހުގެ އިދާރީ މޭޒު ކައިރީގައި ކޮޅަށް ތިއްބަވައިގެން އިދިކޮޅު ބައެއް މެމްބަރުން އަންނަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލަމުންނެވެ. މީގެ ތެރޭގައި ނައިފަރު ދާއިޜާގެ މެމްބަރު އަހުމަދު ޝިޔާމާއި، މާވަށު ދާއިޜާގެ މެމްބަރު މުހައްމަދު ސައީދާއި، ގުރަިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ހިމެނިވަޑައިގަންނަވަ އެވެ.

މިކަމާއި ގުޅިގެން މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެމްބަރުން އަންނަނީ ފުލުފުލުގައި ނިޒާމީ ނުކުތާތައް ނަންގަވަމުންނެވެ. އެގޮތުން މަޖިލީހުގެ ނިޒާމް ގެއްލުވާލާފައިވާ ކަމަށާއި މަޖިލީހުގައި ރައްޔިތުންނާއި ގުޅުންހުރި އެތައް މައްސަލައެއް ފުނިޖެހިފައިވާއިރު މިކަން މިގޮތަށް ކުރިއަށް ގެންދެވިގެންނުޥާނެކަމަށް އެމްޑީޕީ މެމްބަރުން އަންނަނީ ފާހަގަކުރައްވަމުންނެވެ. އަދި މިކަމަށް ފިޔަވަޅެއް އަޅައިދިނުމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މެމްބަރު ހަސަން އަފީފަށް މެމްބަރުން ވަނީ ދަންނަވާފައެވެ.

ރިޔާސަތުގައި އިންނަވާ މެމްބަރު އަފީފް ވިދާޅުވީ، ގާނޫނާއި ޚިލާފަށް ހުކުމްކުރިކަން ކަނޑައަޅާނީ މަޖިލީހުގެ ރިޔާސަތުން ނޫން ކަމަށެވެ. އަދި އެކަން ނިންމަވާނީ ކޯޓުން ކަމަށާއި އެމައްސަލަ ކޯޓަށް ހުށައެޅުއްވުމަށް ރިޔާސަތުގައި އިންނަވާ އަފީފް ވަނީ ވިދާޅުވެފައެވެ.

ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަތަމަ އޮތީ މަކުނުދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރާއީ ހުށައަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިޔުމެވެ. އެހެންނަމަވެސް ޖަލްސާ ފެށިގެން 30 މިނެޓުވީއިރުވެސް މެމްބަރު ރާއީއަށް މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށައެޅޭގޮތް ވެފައެއްނުވެއެވެ.

ޖަލްސާ ކުރިއަށް ނުގެންދެވުމުން ހެނދުނު ދަންފަޅީގެ ޖަލްސާ 10 މިނެޓަށް މެދުކަނޑާލާފައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ވަނީ ދަމަހައްޓާފަ އެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ އޮކްޓޯބަރު މަހުގެ 13 ގައި ބޭއްވުމަށް އެ ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.

އެންމެ ފުރަތަމަ ލީކު ވެފައިވަނީ ދަށު ކޯޓުން ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ އޯޑިއޯއެކެވެ. ރައްޓެސަކާއި އެކީ ދައްކާ ވާހަކައިގެ ތެރެއިން އޭނާ ވިދާޅުވާ ގޮތުން ރައީސް ޔާމީނަށް ހުކުމް ކުރީ ގާޒީން ރަހީނުކޮށްގެންނެވެ. އަދި މީހަކު ރަހީނުކޮށް ކަމަކަށް މަޖުބޫރު ކުރުވުމުގައި ވަރަށް ބައިވަރު ގޮތެއްތަކެއް ހުންނާނެކަމަށާއި، ސީދާ އޭނާ ރަހީނު ނުކުރި ނަމަވެސް އެ މީހެއްގެ އަނބިމީހާ ނުވަތަ ގާތް މީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެ ކަމަށް އެ ރިކޯޑިންގައި އޭނާ ވިދާޅުވެފައިވެއެވެ.

ގާޒީ ފާއިޒް ވަނީ ރައީސް ޔާމީނަށް އިއްވި އެ ހުކުމުގެ ސަބަބުން އެމަނިކުފަނަށް އޮތް ތާއީދު ވެސް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: