ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މާލޭ ދާއިރާގެ ރައީސް ކަމަށް ޕީޕީއެމް މެމްބަރު ފިޝާވިން

ފިޝްވާން ޕީޕީއެމްއަށް ސޮއި ކުރުމަށް ފަހު ފޯމް ހަވާލު ކުރަނީ—
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީީޕީގެ ދާއިރާ ތަކުގެ އިންތިހާބުގައި މާލޭ ސިޓީގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓުގައި އިދިކޮޅު ޕީޕީއެމްގެ މެމްބަރު މުހައްމަދު ފިޝާވިން ސަލީމްގެ ނަން ހިމެނިއްޖެއެވެ.

އެމްޑީޕީން އިއްޔެ ވަނީ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އާންމު ކޮށްފައެވެ. އެ ލިސްޓުގައި މާލޭ ސިޓީގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ފިޝްވާންގެ ނަން ވަނީ ހިމަނާފައެވެ. ފިޝްވާން އަކީ ހެންވޭރު އުތުރު ދާއިރާގެ މާލޭ ސިޓީ ކައުންސިލްގެ މެމްބަރެވެ.

ފިޝްވާން މާލޭ ސިޓީ ކައުންސިލަށް ހޮވުނީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް އޭނާ ވަނީ ދާދި ފަހުން ޕީޕީއެމްއަށް ސޮއި ކޮށްފައެވެ. އެހެންކަމުން އެމްޑީޕީ ދާއިރާތަކުގެ އިންތިހާބުގެ ލިސްޓުގައި ފިޝްވާންގެ ނަން އޮތް ސަބަބު އަދީ ވަނީ ސާފުވާގޮތް ނުވެފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލު އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: