ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރެސްމާތޮޑާއިން ކޮވިޑް ކޭސްތަކެއް ފެނިގެން މޮނިޓަރިންއަށް ލައިފި

ގދ. ފަރެސްމާތޮޑާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރ 3 ގައި ފަރެސްމާތޮޑާއިން ނެގި ރޭންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ. އެ މީހާގެ ސާމްޕަލްނެގީ ބަލީގެ އަލާމާތްތަކެއް ފެނިގެންނެވެ.

މި ކޭސް ފެނުމުން އެރަށު ސިއްހީމަރުކަޒުން ވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައިފައެވެ. މިއަދު ޕޮޒިޓިވް މީހާއާ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވުނު މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ކޮވިޑައަށް ޕޮޒިޓިވްވެފައި ކަމަށް ވެސް އެރަށު ސިއްހީ މަރުކަޒުން ވިދާޅުވިއެވެ. އެހެން ކަމުން މުޖުތަމައު ތެރެއަށް ”ބަލި ފެތުރިފައިވާ މިންވަރު ބަލައި، ބަލި ކޮންޓްރޯލް ކުރުމަށްޓަކައިރަށް މޮނިޓަރިންއަށް ލެވިފައިވާ ވާހަކަ އެންމެހާ ލޮބުވެތި ރައްޔިތުންގެ ސަމާލު ކަމަށްޓަކައި،“ ސިއްހީމަރުކަޒުން ވަނީ އަންގަވައިފައެވެ.

މިފަހަރުވެސް ރައްޔިތުން ކުރިންވެސް ދެއްކެވި ރީތި، ލާމަސީލު ނަމޫނާ ދައްކައި، މި  ބަލިމަޑުކަމުން އަރައިގަތުމަށް އަތުކުރި އޮޅާލުމަށް ވެސް ސިއްހީމަރުކަޒުން ވަނީ އެދިވަޑައިގެންފައެވެ. ކޮންޓެކްޓް ޓްރޭސިން މަސައްކަތަށް ތެދުމަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ވެސް ފަރެސްމާތޮޑާ ސިއްހީމަރުކަޒުން ވަނީ އެދިވަޑައިގެންފައިވެއެވެ.

”މި ހައްސާސް ދަނޑިވަޅުގައި އެންމެން ގުޅިގެން މަސައްކަތް ކޮށްދެއްވާ! ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދު ތަކަށް ފުރިހަމައަށް ބޯލަބައި، މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ފަރުދީ ޒިންމާ އަދާ ކުރަމާ،“ ފަރެސްމާތޮޑާ ސިއްހީމަރުކަޒުން ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން މިހާރުވަނީ އިތުރު 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 3 އަށް އަރައިފައެވެ. މީގެ ކުރިން ވެސް އެރަށުން ކޭސްތަކެއް ފެނިގެންވަނީ ރަށް މޮނިޓަރިންއަށް ލައިފައެވެ.

މި ބަލިމަޑުކަމުން ދުރުވުމަށް އެޅެން އޮތް ފިޔަވަޅުތަކަކީ،  މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ގޭގައި މަޑުކުރުމާއި، ވެކްސިން ޖެހުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: