ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލައަށް ވެސް، އެހެން މީހަކަށް ވެސް މަންފާއެއް ހޯދައި ނުދެން: ހަމަދު

ޓްރާންސްޕޯޓު އެންސް ސިވިލް ވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ: ފޮޓޯ/ ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފައި އަމިއްލަ މަންފާއަކަށް، ނުވަތަ އެހެން މީހަކަށް މަންފާއެއް ހޯދައިދޭން އެއްވެސް މަސައްކަތެއްކޮށްފައި ނޯންނާނެކަމަށް ޓްރާންޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ބަދަލުކުރުން ވަސާޖިއޯ ކުންފުންޏާ ހަވާލުކޮށް ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނުކަމަށް ބުނާ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަންއިން ވަނީ ފޮނުވާފަ އެވެ. ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް ދައުވާކޮށްދޭން އެދި އޭސީސީން ފޮނުވާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ 02 ޑެޕިއުޓީ މިނިސްޓަރަކާ އެކު ޖުމުލަ 06 މީހެއްގެ މައްޗަށެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްދޭން އެދި އޭސީސީން ފޮނުވި އެންމެން ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނެ އެވެ.

ދައުވާ ކޮށްދޭން އެދި ޕީޖީ އަށް ފޮނުވި މީހުންގެ ތެރޭގައި ހަމަދު އާއި އެކ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ހިމެނެ އެވެ.

އޭސީސީން އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި މައްސަލައިގައި ބަޔާނެއް އާއްމުކޮށް ހަމަދު ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުވެ ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ވެސް ކުރީ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކު ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް އަމަލެއްގައި، ބައިވެރިވެފައި ނޯންނާނެކަމަށް ހަމަދު ވިދާޅުވި އެވެ.

ހަމަދު ވިދާޅުވީ އޭނާއަކީ އަމިއްލަ މަންފާއެއް ހޯދުމަށް ނުވަތަ އިތުރު މީހަކަށް ވެސް ފައިދާއެއް ހޯދައިދިނުމުގެ ނިޔަތުގައި މަސައްކަތް ކުރި މީހެއް ނޫން ކަމަށެވެ. މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ނުވަތަ މަގާމުގެ ނުފޫޒެއް ބޭނުންކޮށްގެން ވެސް އެއްވެސް ނިންމުމެއް ނިންމާފައި ނޯންނާނެކަން ހަމަދުގެ ބަޔާނުގައި ފާހަގަ ކުރި އެވެ.

އޭސީސީގެ ނިންމުމާއި މެދު ކަންބޮޑުވުން ފާޅުކޮށް ހަމަދު ވިދާޅުވީ، ކޮމިޝަންގެ ތަހުގީގަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދިން ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ޖަވާބުދާރީ ވާންޖެހޭ އިދާރާއަކަށް، އެ އެއްބާރުލުން ދެމުން ގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.

މަގާމުގައި ދެމި ހުރިހާ ދުވަހަކު، ޒިންމާތަކާއި މަސްއޫލިއްޔަތު އަދާ ކުރާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުކަމަށް ހަމަދުގެ ބަޔާން ނިންމާލަމުން ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: