ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ކަފާލާތުން މިނިވަންވުން މިވަގުތު މުހިންމެއް ނޫން: ޖަމީލް

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެއީ މި މަރުހަލާގައި މާ މުހިންމުކަމެއް ނޫންކަމަށް ބުނެ އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވާހަކަ ދައްކަވައިފި އެވެ.

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިމި، ސުޕްރީމް ކޯޓުގައި މައްސަލައިގެ ހުކުމަކާއި ހަމައަށް ވަނީ އާދެވިފަ އެވެ. ޖުމްލަ 22 އިސްތިއުނާފީ ނުކުތާއަކާއި އެކު ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވަނީ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށާއި، އަދި ކަފާލާތުގެ ދަށުން މިނިވަން ކުރުމާއި އެކު ދައުލަތަށް ރައީސް ޔާމީން ދައްކަން ޖެހޭ ޖޫރިމަނާ މަޑުޖައްސާލަ ދިނުމުގެ އަމުރަކަށެވެ. އޭގެ އިތުރުން އާ ހެކިތައް ހުށަހެޅުމަށް ވެސް ރައީސް ޔާމީންގެ ފަރާތުން މަސައްކަތް ކުރި އެވެ.

ހޫނު ބަހުސްތަކަކަށް ފަހު މިއަދު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ރައީސް ޔާމީނަށް ކަފާލާތް ދެވެން ނެތް ކަމަށެވެ. އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނުނެރުމަށާއި، އާ ހެކި ބަލައި ނުގަތުމަށް ވެސް ޝަރީއަތުން ނިންމެވި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އިއްވި ހުކުމާއި އެކު ރައީސް ޔާމީން 05 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި ނަމަވެސް އެ ފައިސާ ނުދައްކަވާތީ ބަންޑާރަ ނައިބުގެ އޮފީހުން އޮތީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އަދި އެ ކޯޓުން އަޑުއެހުމެއް ތާވަލުކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ހުކުމް ކުރީ އެ ތައްޔާރީތައް މަޑުޖައްސާލުމަށެވެ.

ދެ ގަޑިއިރަށް ދެމިގެން ދިޔަ ޝަރީއަތުގެ އަޑުއެހުމަށް ފަހު، ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކޮށް ޑރ. ޖަމީލް ވިދާޅުވީ މި މައްސަލަ ކުރިޔަށް ދަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި މަނީ ލޯންޑްރިންގެ ކުށްތަކުގައި އަމަލު ކުރާ މަހްފޫމްތަކާއި ހިލާފަށް ކަމަށެވެ. މިފަދަ މައްސަލަތަކުގައި ކުރިއަރާފައިވާ ގައުމުތަކުން ބަލާ އުސޫލަށް، ދައުލަތުން އެއްވެސް މިންވަރަކަށް ރިއާޔަތް ނުކުރާކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މަރުހަލާ ކުރިޔަށްދާ ގޮތާއި މެދު ޖުމްލަކޮށް ހިތްހަމަޖެހޭކަމަށް ވިދާޅުވެ ޑރ. ޖަމީލް ވިދާޅުވީ މިހާތަނަށް މައްސަލަ ކުރިޔަށް ގޮސްފައިވަނީ އިންސާފުވެރިކަމާއި އެކު ކަމަށެވެ. އަދި ބެންޗުން ވެސް ދިފާއުން ދައްކަވާ ވާހަކަތަކަށް ސަމާލުކަން ދެއްވާކަމަށް އޭނާ ވިދާޅުވި އެވެ.

ކަފާލާތާއި ގުޅޭގޮތުން ކުރެވުނު ބަހުސްތަކަށް އިޝާރާތްކޮށް ޑރ. ޖަމީލް ވިދާޅުވީ ގާނޫނުގައި އެ މަރުހަލާ ބަޔާންކޮށްފައިވާ ގޮތް ތަފްސީލުކޮށްދޭން ދިފާއުން މަސައްކަތްތަކެއް ކުރި ކަމަށެވެ. ރައީސް ޔާމީނަށް ކަފާލާތް ލިބެންޖެހޭ ކަމަށާއި އެހެން ނަމަވެސް މައްސަލަ މިވަގުތު އޮތީ ސުޕްރީމް ކޯޓުގައިކަމަށް ވުމުން އޭގެ މުއާލާތް ކެނޑިފައިވާކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުން ދަށު ކޯޓުގެ ދެ މަރުހަލާގައި ވެސް ރައީސް ޔާމީން ބަންދުގައި ހުންނަވައި ދެ އަހަރު ދުވަސް ހޭދަ ކުރައްވައިފި އެވެ. އަދި މަތީ ކޯޓުގެ ހުކުމަކާއި ހަމައަށް އާދެވިފައިވުމާއި އެކު، މިވަގުތު ކަފާލާތުން ރައީސް ޔާމީން މިނިވަންވުން މުހިންމެއް ނޫންކަމަށް ހުރިހާ ގާނޫނީ ވަކީލުންގެ ހާޒިރުގައި ޑރ. ޖަމީލް ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެންގެ މުވައްކިލަށް މި ވަގުތަށް ކަފާލާތް އެހާ މުހިންމެއް ނޫން،” ޖަމީލް

ޑރ. ޖަމީލް ވިދާޅުވީ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ ޖުރިމަނާގެ މައްސަލަ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އިންސާފުވެރިކަމާއި އެކު އެކަމުގައި ގޮތެއް ނިންމާފައިވާތީ މައްސަލައިގެ ހުކުމް ވެސް އިންސާފުވެރިވާނެކަމުގެ ޔަގީންކަން ބޮޑުވެފައިވާކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒެވެ.

ވަރަށް ގަދަ
47%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: