ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 5،700 ރުފިޔާ ކަނޑައަޅައިފި

ސަރުކާރުގެ ގިނަ އިދާރާތަކެއް ހިމެނޭ ވެލާނާ ބިލްޑިންގް. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ދަށް މިންވަރަކީ 5،700 ރުފިޔާ ކަމަށް މިނިމަމް ވޭޖް ބޯޑުން ކަނޑައަޅައި އެ ލަފާ އިކޮނޮމިކް މިނިސްޓްރީއަށް ދޭން ނިންމައިފިއެވެ.

މިނިމަމް ވޭޖް ބޯޑުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ރޭ ފާސްކޮށްފައިވަނީ 5،700 ރުފިޔާއެވެ. އަދި ސިވިލް ސާވިސް މުވައްޒަފަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،000 ރުފިޔާއެވެ.

މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި މަދުވެގެން 8،000 ރުފިޔާ ދޭންޖެހޭ އިރު ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 10،200 ރުފިޔާ ދިނުމަށް ބޯޑުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް ބިދޭސީންނާއި އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައެއް ނާޅައެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދިނުމަށް 11 މެމްބަރުން އެކުލެވޭ ބޯޑެއް އޮވެއެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު އިއުލާންކުރަން އެތައް ތާރީހުތަކެއް ކަނޑައެޅިއެވެ. ތާރިހުތައް ފަހަނައަޅައި ދިޔައިރުވެސްް އެކަން އޮތީ ނުވެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: