ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ފެނަކައިން ހިތާދޫއަށް ޖެނަރޭޓަރެއް ގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ހިތާދޫ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޖަނެރޭޓަރެއް އެރަށް ގެންގޮސްފި އެވެ.

ފަނަކައިން ބުނީ، އެރަށުގައި ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ކޭޓާ ކުރުމަށް ދަތިތަކަކާ ކުރިމަތި ވެފައި ވާކަމަށެވެ. އަދި ދޭތެރެއަކުން ކަރަންޓު ކެންޑުމާއި، އެނޫންވެސް މައްސަލަތައް ދިމާވާ ކަމަށާއި، އެ ރަށަކީ ގެސްޓް ހައުސްގެ ވިޔަފާރިވެސް ކުރާ ރަށެއް ކަމުން، އޭގެ ސަބަބުން އެ ރަށުގެ ރައްޔިތުންނައި ވިޔަފާރި ވެރިންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ވާކަމަށެވެ.

އެ މައްސަލަތައް ހައްލުކުރުމަށް ހިތާދޫއަށް ފޮނުވާފައި ވަނީ 400 ކިލޯވޮޓުގެ ޖެނަރޭޓަރު ސެޓެކެވެ. މި ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވަނީ ބ. ހިތާދޫގައި އަލަށް އިމާރަތް ކުރަމުންދާ އިންޖީނުގޭގައި ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކާއިން ބުނީ ހަލަށް ބ. ހިތާދޫއަށް ގެންދެވުނު ޖެނެރޭޓަރުގެ ސަބަބުން އެރަށް ތަކުގެ ކަރަންޓްގެ ޙާލަތު ބޮޑުތަނުން ރަނގަޅުވެ ކަރަންޓުގެ ހިދުމަތަށް އޮތް ޑިމާންޑާއި އެއްވަރަށް ހިދުމަތް ދެވިގެންދާނެ ކަމަށް ފެނެކައިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: