ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސޯދަށް އޮތް އެންމެ ބޮޑު ހުރަހަކީ މި ސަރުކާރުގެ ކޮށި ވިސްނުން: ސައީދު

ޕީއެންސީގެ ނައިބު ރައިސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ސޯލިހުގެ ވެރިކަމުގައި ދިވެހި ސަރުކާރު ހިންގަމުންދާ ގޮތާއި މެދު ކުރީގެ އިކޮނޮމިކް މިނިސްޓަރ، މުހައްމަދު ސައީދު ކަންބޮޑު ވުން ފާޅުކޮށްފިއެވެ.

ޖީއެމްއާރުގެ އަތުން އެއާޕޯޓު އަތުލުމަކީ އިގްތިސާދީ ޖަރީމާއެއްކަމަށް ބުނެ ފިނޭންސް މިނިސްޓަރ އިބރާހިމް އަމީރު ރޭގައި ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެމުން މުހައްމަދު ސައީދު ވިދާޅުވީ އިގްތިސާދަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެރިންގެ ކޮށި ވިސްނުން ކަމުގައެވެ. ޖީއެމްއާރުގެ އަތުން އެއާޕޯޓު އަތުލެވުމަކީ އެއީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބެއް ކަމަށް ސައީދު ވިދާޅުވެފައިއެވެ.

ޖީއެމްއާރުގެ މައްސަލައިގެ ވާހަކަ ދައްކަމުން، މި ކުންފުންޏާއި އެއާޕޯޓު ހިންގުމާއި ހަވާލުކުރުމަކީ އެއީ ގައުމު ދަރަނިވެރި ކުރުމަށް ހިންގުނު އަމަލެއް ކަމަށް މީގެ ކުރިންވެސް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެއާއި އެކު ޖީއެމްއާރާއި އެއާޕޯޓު ހިންގަން ހަވާޅު ނުކުރިނަމަ ރާއްޖޭގެ ރިޒާވުގައި 1 ބިލިއަން ޑޮލަރު ހުންނާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޖީއެމްއާރުގެ ދިފާއުގައި އަމީރު ޓްވީޓެއް ކުރައްވާފައިވަނީ، އެއާޕޯޓު ޖީއެމްއާރަށް ދިނުމުގެ އެއްބަސްވުމަކީ ރާއްޖެއަށް ގެއްލުންވާ ގޮތަށް އޮތް އެއްބަސްވުމެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރިއިރު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި ޒުލްފާ ވިދާޅުވި ވާހަކައަށް މީޑިއާގެ ސަމާލުކަން ލިބިފައި ވަނިކޮށެވެ.

މިގޮތުން ޖީއެމްއާރުގެ އަތުން އެއާޕޯޓު ހޯދުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވެފައިވާކަމާއި އަސާސީ އެހެން ކަންކަމުން ބަޖެޓުން ހަރަދު ނުކުރެވޭކަން އަމީރު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުން، ޖީއެމްއާރު އެއާޕޯޓާއި ހަވާލުވެ މަސައްކަތްތައް ކުރިޔަށް ގެންދިޔަނަމަ ތަރައްގީގެ ރޮނގުން ކުރިއެރުންތަކެއް ލިބި، ރާއްޖޭގެ އިގްތިސޯދު ވަރުގަދަވެގެން ދާނެ ކަމަށެވެ.

ޖީއެމްއާރާއިއެކު އެއާޕޯޓު ތަރައްގީ ކުރެވުނު ނަމަ، ކޮވިޑުގެ ކުރިން ރައްޖެއަށް 6.7 މިލިއަން ފަތުރުވެރިން އައުން އެކަށީގެންވަކަމަށް އަމީރު ވިދާޅުވިއެވެ. މީގެ ސަބަބުން 13.2 ބިލިއަން ޑޮލަރު ގެއްލި، ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ގެއްލިގެން ގޮސްފައިވާކަމަށް އަމީރުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: