ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

100 ކިލޯ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާއްމުކޮށްފި

އަތުލައިގެންފައިވާ މަސްތުވާތަކެތި/ ފޮޓޯ- ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ކަނޑު މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ހައްޔަރު ކުރެވުނު މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުންގެ އިންތެލިޖެނސް ޓީމުން ހިންގި ހާއްސަ އޮޕަރޭޝަންގައި ކަނޑު މަގުން 100 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރި 8 މީހެކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެިން ނ. ވެލިދޫ ބީޗްހެވެންގެ، ޖުމާން މުސްތަފާ (19އ) އާއި ގއ. ކޮލަމާފުށި ސޮސަންގެ، އިބްރާހިމް ޒައިދު ހަބީބު (25އ) އާއި ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު (34އ) ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ 10 ދުވަހަށެވެ. ހދ. ކުމުންދޫ ޑިއާފްރެންޑް، އިބްރާހިމް ސިނާނު (24އ) އާއި ދ. ބަނޑިދޫ ޕޮލަރިސް، މުހައްމަދު ހުސެއިނު (61އ) ގެ އިތުރުން ބަންގްލަދޭޝްގެ އެމްޑީ ރަފީގުލް އިސްލާމު (35އ) އަދި ޑީއެމް މޮބިން (24އ) ވަނީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން ގއ. ދެއްވަދޫ ދޭލިޔާގެ، މިދުހަތު އިބްރާހިމް ވަނީ 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު އިތުރު ދެ މީހަކު ކޯޓަށް ހާޒިރުކުރުމުން، އެދެމީހުން ދޫކޮށްލާފައެވެ. ތުހުމަތުކުރެވޭ ގޮތުގައި މިދެމީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް މަސައްކަތް ކުރަމުން ދާ ދެ މީހަކަށް ވުމާއި އެކު، ދެމީހުން ދޫކޮށްލި މައްސަަލަ އިސްތއިުނާފުކޮށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހަށް އެދިފަ އެވެ.

މި މީހުން ހައްޔކޮށް ހިންގުނު އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެ އާއި މާލެ އަދި މާލޭގެ ގޭގޭ ގެ އިތުރުން ސަފަރާިއަކާއި ލޯންޗެއްވެސް ބަލާ ފާސްކޮށްފައިވެއެވެ. 100 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފުލުހުންނަށް ހޯދިފައިވަނީ ފަޅު ރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާއިންނެވެ.

މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ހިންގޭ މަސައްކަތުގެ ތެރެިން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް، ޑްރަގް އިންޓެލިޖެންސް ޔުނި އާއި މެރިން ޕޮލިސްގެ އެއްބާރުލުމާއި އެކު ހިންގުނު އޮޕަރޭޝަނެކެވެ. ހަމައެއާއި އެކު އޮޕަރޭޝަން ހިންގުމަށް ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އެހީތެރިކަން ލިބެމުންދާކަމަށް ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓުން ހާމަކޮށްފައިވެ އެވެ.

މީގެ އިތުރުން، މި ތަހުގީގު ކުރިއަށް ހިނގަމުން ދަނިކޮށް އިތުރު 215 ކިލޯގެ މަސތުވާތަކެތި ފުލުހުން އަތުލައިގެންފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: