ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޑުގުޑާ ދޫނި ހިފައި އޭގެއިން ރިހަ ކައްކައިގެން ނުވާނެ: ނަޝީދު

ކުރީގެ ރައީސްއަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސަރަހައްދުތަކުން ފެންނަމުންދާ ގުޑުގުޑާ ދޫނިތައް ހިފައި އޭގެއިން ރިހަ ކައްކަން ނޫޅުމަށް މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.

މިއަދު މަޖިލީހުގައި މުހާތަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ގިނަ ބަޔަކަށް އެނގޭ ފަދައިން މިއީ ދޫނި ސޫފާސޫފި ހިޖުރަ ކުރާ މޫސުން ކަމަށް ވުމާއިއެކު، ރާއްޖެއަށް ގުޑުގުޑާ ދޫނީގެ އިތުރުން އެހެން ދޫނިތައްވެސް އައިސްފައިވާ ކަމަށެވެ.

އެގޮތުން އިރުވައި މޫސުން ފެށެން ކައިރި ވެފައިވަނިކޮށް އެންވަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ގިނަ އަދަދެއްގެ ދަތުރު ކުރާ ދޫނިތަކެއް ރާއްޖެއިން ފެނިގެންދާނެ ކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. ގުޑުގުޑާ ދޫނި އަދި އެހެނިހެން ދަތުރު ކުރާ ދޫނިތައް ދަތުރުކުރަމުންދަނީ ވިހެއުމާއި ބިސް އެޅުމަށް ކަމަށް ވުމުން މި ދޫނިތަކުގެ ދަތުރުގެ ރާސްތާ އަށް ހުރަސް ނޭޅޭ ފަދައިން އާއްމުންގެ އަމަލުތައް ބެހެއްޓުމަށް ވެސް އީޕީއޭ އިން ނަސޭހަތްތެރި ވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ގުޑުގުޑާ ދޫނިތައް ހިފައި ވިއްކާ ކަމަށް ބުނެ ފެން މަތި ވެފައިވާ މައްސަލައަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މި ދޫނިތައް ނުހިފުމަށާއި، ދޫނިތަކަށް ގޯނާ ނުކުރުމަށް އެދޭ ކަމަށެވެ. މަދު އަހަރެއްގައި ރާއްޖެއަށް އަންނަ މި ދޫނިތަކުގެ ބޭނުން ފުއްދުމަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ބަދަލުގައި އޭގެއިން ރިހަ ނުކެއްކުމަށާއި އެއަށް އަރައިގެން ނޫޅުމަށް ވެސް ނަޝީދު ވަނީ ގޮވާލާފައެވެ. ހަމައެއާއިއެކު ދޫނިތަކުގެ ފިޔަކޮށައިގެން ގޭގައި ނުގެންގުޅުމަށާއި ގޯނާ ވާ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށްވެސް ރައީސް ނަޝީދު ވަނީ ބާރުއަޅާފައެވެ.

ހިޖުރަ ކުރާ ދޫނިތަކުގެ ތެރެއިން ގުޑުގުޑާ ދޫނިތަކަށް އާއްމުންގެ ފަރާތުން ކުރެވޭ ފުރައްސާރަ ހުއްޓުމަށް ގޮވާލާއި އެމަނިކުފާނު ވިދާޅުވީ، ދޫނި ހިޖުރަ ކުރާ މަގުގައި ހިޖުރަ ކުރެވުނަ ދިނުމަށް އެންމެހާ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 37%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 7%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: