ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކޭއިން އެނބުރި އައީ ތަފާތު ނަޝީދެއް: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މޭއި މަހުގެ 06 ގައި ދިން ޓެރަރިސްޓު ހަމަލާގައި ލިބުނު ސީރިއަސް ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު އައި ފަހުން ފެންނަނީ ތަފާތު މުހައްމަދު ނަޝީދެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އާދަމް ޝަރީފު ވިދާޅުވީ ޔޫކޭގެ ދަތުރުފުޅު ތެރޭގައިވެސް ރައީސް ނަޝީދު ގެ ވާހަކަފުޅުތަކާއި ވިސްނުނު ތަފާތު ކަމަށް ފާހަގަކުރެވޭ ކަމެވެ. ޔޫކޭ ގައި ހުންނަވައި ރައީސް އިބްރާހިމް މުހައްމަދު އާއި ގުޅިގެން މަސައްކަތް ނުކުރުމަށް ބުނުމުގެ އިތުރުން ގިނަ ދެބަސް ވުންތަކާއި ކުރިމަތި ލި ކަމީ މީޑިއާގައި ދައުރުވި ހޫނު މައުޟޫއެއް ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

“ރައީސް ނަޝީދު މި ފަހަރު ޔޫކޭއިން ވަޑައިގެންނެވިއިރު އެއީ އަޅުގަނޑުމެންނަށް ކުރިން ފެނުނު ރައީސް ނަޝީދެއް ނޫން، ވަރަށް ބޮޑަށް ބަދަލުވެފައި އެމަނިކުފާނު ހުންނެވީ،” އާދަމް ޝަރީފް

އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަކުރަންޖެހޭކަމަށް ބުނެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަމަށް އެންމެ ފުރަތަމަ ވެސް ދެކޮޅު ހެއްދެވީ ރައީސް ނަޝީދުކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ހަމަލާއަށް ފަހު ރާއްޖެ ވަޑައިގެން މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަތަމަ ވެސް ވިދާޅުވީ އެ އެއްބަސްވުމުގައި ވާކަންކަން ހާމަކުރުމަށް ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު ސަރުކާރާއި މެދު ދެކޭ ގޮތް ވަރަށް ރަނގަޅަށް ސާފުވެގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ރައީސް ނަޝީދު ސިފަ ކުރެއްވީ މަޖުބޫރުން ބަލި ގަބޫލު ކުރައްވައިގެން އިން ބޭފުޅެއްގެ ގޮތުގަ އެވެ. ރައީސް ސޯލިހާއި އެކު ސިޔާސީ ގޮތުން ކުރެވޭނެ މަސައްކަތްތަކެއް ނެތްކަމަށް ބުނެ، އެކަމަށް ބާރުދީ އެތައް ވާހަކަތަކެއް ދެއްކެވު،ަށް ފަހު އެންމެ ފަހުން ބޭއްވި ޕްރެސްގައި ރައީސް ނަޝީދުގެ ރާގާއި ވާހަކަ ބަދަލުވެފައިވާކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ޕްރޮގްރާމުގައި، އާދަމް ޝަރީފު ވަނީ އުތުރުތިލަފަޅުގެ އެގްރީމެންޓް ރައްޔިތުންނާށް ހާމަ ވާންޖެހޭ ސަބަބުތައް ވަރަށް ގިނަކަމަށް ވިދާޅުވެ މި އެގްރީމެންޓް ހާމަ ކުރުމަކީ ގައުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ. ރައްޔިތުންގެ މަޖިލީޙުގެ އުސޫލުތަކާއި ހަމަތަކުގެ މަތިން އަދި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައިވާ ފަދައިން ރައްޔިތުން ޝާމިލުވާ ފަދަ ކަމެއްގައި، އެކަމާއި ގުޅޭ އެގްރީމެންޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ ތަކުން ގެންނަން ޖެހޭ އިސްލާހުތައް ގެނެސް އެކަން ކުރުމަކީ ޒިންމާދާރު އަދި ޑިމޮކްރަސީގެ އެންމެ ތަހުޒީބު ގޮތް ކަމަށް ވެސް އާދަމް ވިދަޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް މިއަދު ސަރުކާރާއި މެދު ސުވާލު އުފުލަނ ްޖެހެނީ ހަދާފައިވާ އެގްރީމެންޓަކީ ގައުމީ ސަލާމަތައް ނުރައްކާ ވާނޭ ފަދަ ކަމެއް އޭގައި އެކުލެވިގެން ވާތީ ކަމަށް ޝައްކުކުރެވޭތީއެވެ. ރައްޔިތުންނަށް މިލިޔުން ހާމަ ކުރަންޖެހޭ އެންމެ ބޮދުޔ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގ ކުރީ އެއްވެސް ދިވެހި ލޭ ހިނގާ ދިވެހި ދަރިއަކު، ގައުމުގެ އިސްތިގުލާލާއި، ސިޔާދަތަށް ބުރޫ އަރާނެ ފަދަ ކަމެއް ކުރިމަތި ވުމަށް ބޭނުން ނުވާނެތީ ކަމަށާއި، މި އެގްރީމެންޓަކީ ގައުމުގެ މިނިވަން ކަމާއި ގުޅިފައިވާ އެގްރީމެންޓަކަށް ވާތީއެވެ.

މީގެ އިތުރުން ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުމަކީ ޒަމާން ވެފައިވާ ގުޅުމެއް ކަމަށް ފާހަގަކޮށް އާދަމް ވިދާޅުވީ، މި ދެ ގައުމަކީ އެއްވެސް ހިސާބެއްގައި ދުރުކުރެވޭނެ ގައުމުތަކެއް ނޫން ކަމަށެވެ. އަދި ދެ ގައުމުން އެއްބަޔަކު އަނެް ބަޔަކަށް ފޯރު ކޮށްދޭ އެހީތެރިކަމާއި އެބާރުލުން ފާހަގަ ކޮށް މި ގުޅުމަށް ބުރޫ އެރުނަ ނުދިނުމަށްޓަކައި އުތުރު ތިލަ ފަޅުގެ އެގްރީމެންޓް ހާމަ ކުރަންޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެ ކުރާ އިތުބާރާއި އެކުވެރިކަން ގާއިމުކޮށް ޒަމާނުށްސުރެ ދެގައުމު ދޭތެރެ އޮތް ގުޅުން ދެމެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި އާދަމް ޝަރީފް ފާހަގަ ކުރިއެވެ.

ވަރަށް ގަދަ
42%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 8%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: