ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އާމްދަނީ އިތުރުނުވިޔަސް، ރައްޔިތުންގެ ހިދުމަތްތަކަށް ހުއްޓުމެއް ނާދޭ: އަލީ ސޯލިހު

ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ސަންގު ޓީވީގެ ޕްރޮގްރާމެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދަށް ގެއްލުންތަކާއި ކުރިމަތި ކުރުވައި، ގައުމުގެ އާމްދަނީ އިތުރުނުވި ނަަމަވެސް، ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށް ހުއްޓުން އައިސްފައިނުވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ސަރުކާރު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ، ދިގުދެމިގެންދިޔަ މިބަލިމަޑު ކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދަށް ގެއްލުންތަކާއި ކުރިމަތިކުރުވައި، ގިނަ ގޮންޖެހުންތަކާއި ސަރުކާރުންވެސް އަދި ރައްޔިތުންވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ. މި ގޮންޖެހުންތަކާއި ކުރިމަތިލައި މަސައްކަތަށް އެނބުރި އާދެވިފައިވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހިކުމަތްތެރި އަމަލުތަކުގެ ސަބަބުން ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

އޯގާތެރި ލީޑަރެއްގެ ކިބައިގައި ހުންނަން ޖެހޭ އަމަލުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން ފެންނަކަން ފާހަގަކުރައްވައި އަލީ ސޯލިހް ވިދާޅުވީ، ބޮޑު ބަލިމަޑުކަމެއް ރާއްޖެއިން ތަހައްމަލުކޮށް، އެދުވަސްވަރު ދިމާވި އުނދަގޫތަކާއި ދެކޮޅަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރެވުނީ ސަރުކާރު ހިންގުމަށް ރައީސް ގެންގުޅުއްވި އުސޫލުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން، އެފަދަ ވަގުތެއްގައިވެސް ރައީސްގެ ވިސްނުންފުޅު ހުންނެވީ ރައްޔިތުންގެ ކަންތައް ފަސޭހަ ކޮށްދިނުމަށާއި ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށްކަން ކުރެވިގެންދިޔަ މަސައްކަތްތަކުން ހާމަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތުން ވިޔަފާރިތައް މަޑުޖެހި، ގިނަ އާއްމުންގެ ވަޒީފާ ގެއްލި، ރިސޯޓުތައް ބަންދުވެ، ރާއްޖޭގެ އިގްތިސޯދު އަޑި އަޅާލި ކަމުގައި ވީނަމަވެސް، ކަންތައްތައް ފުރިހަމަ ކުރަމުން ދިޔައީ ވަކި އިންތިޒާމެއްގެ ދަށުން ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. ވަޒިފާއިން ވަކި ކުރެވުނު އާއްމުންނަށް ހާއްސަ އަޅާލުމެއް ދީ، ރައްޔިތުންނަށް ކަންތައްތައް ދަތިވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ރައީސް ސޯލިހަކީ އޯގާތެރި ލީޑަރެއްކަން ހާމަވާ ކަމެއްގެ ގޮތުގައި، ކޮވިޑަށް ލިބުނު ލުއި ކަމާއި، ވެކްސިންގެ ކަންތައް ހަމަ ޖެހުމާއި އެކު ރައްޔިތުންގެ ކަންތައް ގާތުން ބެލުމަށްޓަކައި ރާއްޖޭގެ ހިސާބުތަކަށް ރައީސް ކުރައްވާ ދަތުރުތައް އަލީ ސޯލިހު ފާހަގަ ކުރެއްވިއެވެ. ހަމައެއާއި އެކު، ސަރުކާރުން ވެފައިވާ ވައުދުތައް ފުރިހަމަ ކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ރައީސްގެ ވާހަކަތަކުން ހާމަވެގެންދާކަން ވެސް އެނާފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ މަސައްކަތްތަކުގެ ވާހަކަތައް ހިއްސާކުރައްވައި އަލީ ސޯލިހް ވިދާޅުވީ މިވުޒާރާއަކީ ވަރަށް ގިނަ ދާއިރާތަކާއި ގުޅުންހުރި ވުޒާރާއެއް ކަމަށެވެ. އަދި ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކަކީ ސީދާ ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތަކެއް ކަމަށެވެ. މިހާތަނަށް މިނިސްޓްރީގެ ހުރިހާ ހަކަތައެއް ބޭނުންކުރީ ރައްޔިތުންގެ ހިދުމަތްތައް ފޯރުކޮށްދިނުމަަށް ކަމަށް ސޯލިހު ވިދާޅުވިއެވެ.

އެންވަޔަރަމެންޓް މިނިސްޓަރުގެ ރެއާއި ދުވާލުގެ މަސައްކަތަކީ އާއްމުންގެ މައްސަލަތައް ހައްލުކުރުމާއި އާއްމުންނަށް ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގު ފަހި ކޮށްދިނުންކަމަށް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: