ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް 3 ދުވަސްތެރޭގައި އެމްބިއުލަންސްތައް ރަށްރަށަށް ފޮނުވަން ފެށޭނެ: ހެލްތު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ތިން ދުވަސްތެރޭގައި އެމްބިއުލަންސްތައް އަތޮޅުތަކަށް ފޮނުވަން ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެސްޓީއޯ މެދުވެރިކޮށް، އަތޮޅުތެރޭގައި ބޭނުން ކުރުމަށް ގެނެސްފައިވާ 20 އެމްބިއުލަންސްގެ ފުރަތަމަ ޝިޕްމަންޓް، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު، ކުރިއަށް އޮތް ތިން ދުވަސްތެރޭގައި އަތޮޅުތެރެއަށް ފޮނުވަން ފެށޭނެ ކަމަށެވެ.

އެސްޓީއޯ މެދުވެރިކޮށް ގެންނަން ނިންމި އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް މާލެ ގެނެސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން، އެ ކުންފުންޏާ ހަވާލުކުރި އެމްބިއުލާންސްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: