ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހެއްގެ ތެރޭގައި ތިލަފުށިއަށް ބޮޑެތި ބަދަލުތަކެއް!

ތިލަފުށީގެ ކުނި/ ފޮޓޯ:- އެންވަޔަރަމެންޓް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ތިލަފުއްޓަށް ކުނި ޖަމާކުރަން ފަށައި އުފެދިފައިވާ ކުނީގެ ބޮޑު ފަރުބަދަ ހުސްކޮށް، ޒަމާނީ ބަދަލުތަކާ އެކު އެ ސަރަހައްދު ފެހިކޮށްލުމުގެ މަޝްރޫއުއަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް އެންވާރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް މިނިސްޓްރީން ލަފާ ކުރެ އެވެ. އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރާއިރު އަމާޒަކީ، އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެ މަސައްކަތްކޮށް ނިންމާލުމަށްކަމަށް އެންވައިރޮމެންޓް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

މި މަސައްކަތުގެ ދަށުން މިނިސްޓަރ އޮފް އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ތިލަފުއްޓަށް ޒިޔާރާތްކުރައްވާފައިވާއިރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުން އެރުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ތިލަފުށީގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރާއިރު މި މިނިސްޓްރީން ބަލަމުންގެން ދަނީ އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެ މަސައްކަތްކޮށް ނިންމާލުމަށްކަމަށްވެސް މައުލޫމާތު ދިނެވެ.

ތިލަފުށީގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ގާތުން ބައްލަވައި، މިނިސްޓަރ ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމުގައި ވެމްކޯއާއި، މިނިސްޓްރީގެ ޓީމުގެ މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ. ތިލަފުށީގެ ބޮޑެތި ކުނި ފަރުބަދަތައް އެކީ ތިރިވަމުންދާއިރު އެތަނުގައި ހުންނަވާ، ޝައުނާ ވަނީ މިއީ ހިތްހަމަޖެހޭ މަސައްކަތެއްކަން ފާހަގަ ކުރައްވާފަ އެވެ.

މިނިސްޓަރު ޝައުނާގެ ދައުވަތަކަށް ތިލަފުއްޓަށް ވަޑައިގެން، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ރާއްޖެއަށް ދިމާވާ ކުނީގެ މައްސަލަތައް ހައްލުކުރެވެމުންދާ މަންޒަރަކީ އުފާވެރި މަންޒަރެއްކަމަށާއި މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަސް ވެސް ކުނީގެ މައްސަލަތައް ހައްލުކުރުމަށް ކުރެވެމުންދާ މައްސަކަތއްތަކަށް ލިބިގެންދަ ކުރިއެރުމެއްކަމުގައެވެ.

ތިލަފުށީގައި ކުރިއަށް ހިނގަމުންދާ މި ޕްރޮޖެކްޓް ގެ މަސައްކަތް މިނިސްޓަރ ޝައުނާ، ވަރަށް ގާތުން ބައްލަވާ ކަމަށް ފާހަގަކޮށް ނަސީމް ވިދާޅުވީ ޝައުނާ އަކީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި އެންމެ އިސްރޯލް އަދާކުރި މަގްބޫލު ބެފުޅެއް ކަމުގައެވެ. ކުނީގެ މައްސަލަތައް ހައްލުކުރުމަށް ހިންގުންތެރި ކަމާއި އެކީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ތިލަފުށީގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ފުރިހަމަ ކަން ވެސް މިނިސްޓަރ ނަސީމް ފާހަގަކުރެއެވިއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވިގޮތުގައި މީގެ 6-8 މަސް ކުރީން ތިލަފުށި އޮތް ހާލާއި، މިއަދު ފެންނަން މިއޮތް މަންޒަރު އަޅާ ބެލުމުން ކުނީގެ މައްސަލަ މުޅިން އެއްކޮށް ހައްލުކުރެވޭނެ ކަމަސް ލަފާކުރެވެއެވެ. ކުނި ވަކިކޮށް ކުނިން ސަލާމަތް ވުމަށް ފުރަތަމަ ފިޔަވަޅު އަޅަން ޖެހެނީ ގޭ ތެރެއިން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިކަމަށް މިހާރު ދެއްވާ އަހަންމިއްޔަތުކަން ދެއްވައިގެން މި މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މިނިސްޓަރ ނަސީމުގެ އެދުމެއްކަމަށްވެސް މިނިސްޓަރ ފާހަގަކުރެެއްވިއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މިއީ ސިއްހީ، ތިމާވެށި އަދި ރައްޔިތުންނާއި ސީދާ ގޮތުން ގުޅުންހުރި ކަމަކަށް ވުމުން، މިއީ އަހަންމިއްޔަތުކަން ދިނުން މުހިންމުކަމެކެވެ.

ތިލަފުއްޓަށް ކުރި ޒިޔާރަތުގައި ޝައުނާ ވަނީ ވެމްކޯ އާއި މި ޕްރޮޖެކްޓާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް ތައުރީފުކޮށް ޝުކުރު ދަންނަވާފައެވެ.

ތިލަފުށިން ނުރައްކާތެރި ދުން އައުން ހުއްޓުވުމަށްޓަކައި ހިންގާ މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި މިނިސްޓްރީ އޮފް އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ތިލަފުއްޓަށް ކުނި ޖަމާކުރަން ފަށައި އުފެދިފައިވާ ކުނީގެ ބޮޑު ފަރުބަދަ ހުސްކޮށް, ޒަމާނީ ބަދަލުތަކާ އެކު އެ ސަރަހައްދު ފެހިކޮށްލުމުގެ މަޝްރޫއު, ކާމިޔާބުކަމާ އެކު ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު، މިމަސައްކަތާއިއެކު މީހުންނަށް އެރަށަށް ގޮސް މަސައްކަތް ކުރެވޭވަރަށް ސާފު, ސަލާމަތް ސަރަހައްދަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: