ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު ޒުވާނުންގެ އެވޯޑް 10 ފަރާތަކަށް

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން މިރޭ ދީފި އެވެ.

ޒުވާނުންގެ އެވޯޑް ދީފައިވަނީ ރޭ ކުޅުދުއްފުށި ސިޓީގައި އޮތް ޒުވާނުންގެ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.

މި ފަހަރުގެ ޒުވާނުންގެ އެވޯޑް ދިނީ ވިޔަފާރި އާއި އިގްތިސާދު، އާޓް އދި ފަންނުވެރިކަން، ކުޅިވަރު، ދަރުމަ އަށް މަސައްކަތް ކުރުން، ތިމާވެށި ހިމާޔަތް ކުރުން، މަސްވެރިކަން، ދަނޑުވެެރިކަން، ނުކުޅެދުންތެރިިކަން ހުންނަ މީހުން ބާރުވެރި ކުރަން މަސައްކަތް ކުރުން، ޒުވާނުންގެ ބާރުވެރިކަން އިތުރު ކުރުން އަދި ދިވެހި ބަހާއި ސަގާފަތުގެ ދާއިރާއިންނެވެ.

ޒުވާނުންގެ އެވޯޑް ލިބުނު މީހުން

  • މަސްވެރިކަމުގެ ދާއިރާ – އަބްދުﷲ ޔަމާން
  • ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާ – އަހުމަދު އަބްދުލްކަރީމް
  • ދަނޑުވެރި ކަމުގެ ދާއިރާ – އަލީ ފަވާޒް
  • ވިޔަފާރި އާއި އިގްތިސާދީ ދާއިރާ – އަރުޝަދު އަހުމަދު
  • ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރުމުގެ ދާއިރާ – އަފާ ހުސައިން
  • ޒުވާނުން ބާރުވެރި ކުރުވުމުގެ ދާއިރާ – ހަސަން ފަރުހާން
  • ދަރުމައަަށް މަސައްކަތް ކުރުމުގެ ދާއިރާ – އައިޝަތު ތޯއިފާ
  • ދިވެހި ބަހާއި ސަގާފަތަަށް ހިދުމަތް ކުރުމުގެ ދާއިރާ – އިއްޒަތު ނިޒާރު
  • ފަންނުވެރި ކަމުގެ ދާއިރާ – ނާޒިމް ހަސަން
  • ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމުގެ ދާއިރާ – މަރިޔަމް ޝަހުދާ
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: