ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ޒުވާނުންގެ ބަސް ހިމަނާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ މުސްތަގުބަލު ބިނާކުރާނީ ޒުވާނުންގެ ބަސް ހިމަނާގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސްކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ގައުމު ކުރިއަށް ގެންދަން ތިބި ބަޔަކީ ޒުވާނުން ކަމަށާއި ދައުލަތުގެ ޒިންމާ އަކީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުތައް ދައްކާލުމަށް ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުމާއެކު ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ޒުވާނުންގެ ބަސް ހިމަނާނެ ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޒުވާނުންގެ ދުވަސް ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ފާހަގަކުރުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: