ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ އަދާ ނުކުރާ ޒުވާނުން ގިނަ، ހުރި ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭ: ރައީސް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހއްމަދު ސޯލިހު/ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއް ބިނާކުރުމުގައި ޒުވާނުންގެ އެއްބާރުލުން ބޭނުންވާއިރު، ވަޒީފާގެ މާހައުލުގައި ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރަން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ލިބުނު އިގްތިސާދީ ގެއްލުންތަކުގެ އަރައިގަންނަން މަސައްކަތް ކުރަމުންދާއިރު، އެންމެ ބޮޑު އަސަރެއް ކުރީ ޒުވާނުންގެ ވަޒީފާތަކަށް ކަމަށެވެ.

ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތައް ހެޔޮގޮތުގައި ބޭނުންކުރުމަށް އިލްތިމާސް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ޒުވާނުން މިއަދު ވިސްނަންވީ، އެއީ މާދަމާ ގައުމައިގެން ކުރިޔަށް ދިއުމަށް ހަވާލުވާން ތިބި ބައެއްގެ ގޮތުގައި ކަމަށެވެ. ރާއްޖެ ކުރިއަރުވައި ތަރައްގީ ކުރުމުގެ ހުރިހާ ޒިންމާއަކާއި މަދާމާ ހަވާލުވާން ތިބީ މިއަދުގެ ޒުވާނުންކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޒުވާނުންނަކީ ގައުމީ މަސްއޫލިއްޔަތު އުފުލޭނެ ގާބިލް ބައެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ.

ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ޒުވާންކަމުގެ އުމުރަކީ އެއީ، އެންމެ އަގުބޮޑު ދުވަސްވަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މީހެއްގެ ހަޔާތުގެ ކުރިމަގު ބާއްޖަވެރިކަމުގެ މަތީގައި ބިނާ ކުރެވޭނީ، ޒުވާން އުމުރުގައި އަޅާ ބިންގާ ސީދާ ކުރި މިންވަރަކުން ކަމަށެވެ. ރާއްޖޭގެ ކޮންމެ ޒުވާނެއްގެ ކިބައިގައި ވެސް ތަފާތު ހުނަރުތަކަކާއި، ތަފާތު ގާބިލުކަމެއް ހުރިއިރު ގައުމު މިއަދު އެދި ގޮވަނީ އެ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި، ފަންނުވެރިކަމުން އަދި އުފެއްދުންތެރި ވިސްނުންތަކުން ގައުމަށް ކުރިއެރުން ހޯދައިދިނުމަށްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މުޖްތަމައުގެ ތެރޭގައި ވަޒީފާއެއް އަދާނުކުރާ ޒުވާނުންގެ އަދަދު ގިނައިރު އެކަމަށް އިޝާރާތްކޮށް ރައީސް ވިދާޅުވީ މަސައްކަތެއް ނުކޮށް ޒުވާނުން ތިބި ނަމަވެސް ބާޒާރުގައި ތަފާތު އެކި ފުރުސަތުތައް އެބަހުރި ކަމަށެވެ.

“އަޅުގަނޑުމެންގެ ތެރޭގައި، މަސައްކަތެއް ނުކޮށް ތިބި، ވަރަށް ގިނަ ޒުވާނުންތަކެއް މިހާރުވެސް އެބަތިބި. ހަމައެއާއެކު، ރާއްޖޭގެ މަސައްކަތު ބާޒާރުގައި، ވަރަށް ގިނަ އަދަދެއްގެ ބިދޭސީންވެސް އެބަ ހަރަކާތްތެރިވޭ. މިއިން އެނގެނީ، މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، މަސައްކަތު ބާޒާރުގައި ތަފާތު ފުރުސަތުތައް އެބަހުރިކަން.” ރައީސް

ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް ގާނޫނީ ހިމާޔާތާއި ރައްކާތެރިކަން ހޯދައިދިނުމަކީ ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މިހާރު ޑްރާފްޓްކޮށްފައިވާ “ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު” ގެ އެންމެ މުހިންމު މަގްސަދަކީ، އިސްލާމްދީނަށް ލޯބިކުރާ، ދީނުގެ އަސާސްތަކަށް ހުރްމަތްތެރިކޮށް ހިތާ، އަދި ދިވެހި ގައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުން ކަމަށެވެ.

މި ބިލުގެ އަނެއް އަމާޒެއްގެ ގޮތުގައި ރައީސް ވިދާޅުވީ، ޒިންމާދާރު ހުނަރުވެރި ޒުވާން ރައްޔިތުންތަކެއް ބިނާކުރުމެވެ. އަދި ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަގު ދައްކަދީ، ކުރިމަގުގެ ފުރުސަތުތަކަށް މަގުފަހުކޮށްދިނުމަކީ ވެސް މި ބިލުގެ މަގްސަދެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވި އެވެ. މި ބިލުގެ ސަބަބުން، ގައުމު ކުރިއަރުވައި، ރާއްޖެއަށް ޝަރަފާއި ފަހުރު ހޯދައިދިނުމުގައި، މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެކަމަށް ގަބޫލު ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

“މި އަހަރުގެ ޒުވާނުންގެ ދުވަސް މިއައީ، ޒުވާނުންގެ ކަންކަމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައި. ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ޤައުމީ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައި.” ރައީސް

މީގެއިތުރުން ރައީސް ވިދާޅުވީ ޒުވާނުންގެ ދުވަސް ފާހަގަކުރަނީ، ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި މުހިންމު ހައްގުތަކެއް، ދިވެހި ޒުވާނުންނަށް ލިބުނު ދުވަހަކާއި ގުޅުވައި ކަމަށެވެ. އެއީ، އުމުރުން 18 އަހަރުވުމުން، އިންތިހާބުތަކުގައި ވާދަކުރުމާއި، އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު، ދިވެހި ޒުވާނުންނަށް ލިބިދިން، ގާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ލިބިދޭ ގޮތަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރި ދުވަސްކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: