ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ރަށެއްގައި މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ ގޮތް ހެދުމަކީ އަމާޒެއް: ރައީސް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހއްމަދު ސޯލިހު/ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަސް ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ޖަލްސާ ޝަރަފްވެރޮކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޒުވާނުންގެ ދާއިރާއަށް ބަލާއިރު، އެންމެ ދުވަސްވީ މައްސަލައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން، އެކަމުން ސަލާމަތްކޮށް، އަލުން އަނބުރާ މުޖުތަމައަށް ގެނައުމުގެ މައްސަލަ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ، އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށާއި އެކަމަށްޓަކައި މުޖުތަމަޢުގައި ތިބެގެން، ފަރުވާ ހޯދޭނެ، ވަށާޖެހޭ ޕްރޮގްރާމްތަކެއް، ވަރަށް އަވަހަށް ފެށުމަށް ހެލްތު މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ގިނަ ފުރުޞަތުތަކެއް ހުރިނަމަވެސް މަސައްކަތެއް ނުކޮށް އަދިވެސް ގިނަ ޒުވާނުންތަކެއް ތިބިކަން ފާހަގަކުރައްވައި ރައީސް ވަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ޤަގައުމުގެ ތަރައްގީގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މުހިންމު ބައެއް މަސައްކަތްތަކުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލާބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ބިލްގެ އަނެއް އަމާޒަކީ، ޒިންމާދާރު ހުނަރުވެރި ޒުވާން ރައްޔިތުންތަކެއް ބިނާކުރުންކަމަށެވެ. އަދި ޒުވާނުންގެ އުންމީދުތައް ޙަޤީގަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުޞަތުތަކަށް މަގުފަހުކޮށްދިނުމަކީ ވެސް ބިލްގެ ވަރަށް މުހިންމު މަޤްޞަދެއްކަމަށާއި މިބިލްގެ ސަބަބުން، ޤައުމު ކުރިއަރުވައި ރާއްޖެއަށް ޝަރަފާއި ފަޚުރު ހޯދައި ދިނުމުގައި، މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެކަމަށް ޤަބޫލުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހު ކުުޅުދުއްފުށީގައި ބޭއްވި ޖަލްސާ

ރާއްޖޭގެ ޒުވާނުންގެ އާބާދީގައި ގިނަ ޒުވާނުންތަކެއް މަސައްކަތެއްނުކޮށް ތިބިއިރު މަސައްކަތު ބާޒާރުގައި، ގިނަ ޢަދަދެއްގެ ބިދޭސީން ތިބިކަން ރައީސް ފާހަގަކުރެއްވި. މިކަމުން އެނގެނީ، މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، މަސައްކަތު ބާޒާރުގައި ތަފާތު ފުރުޞަތުތައް އެބަހުރިކަން ކަމަށް ރައީސް ވިދާޅުވިއެވެ. މި އަހަރުގެ ޒުވާނުންގެ ދުވަސް މިއައީ، ޒުވާނުންގެ ކަންކަމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްގައި ކަމަށާއި ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމާއި، ޤައުމީ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ދުވަސްވަރެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ 10 ފަރާތަކުން ވަނީ ހާސިލްކޮށްފައެވެ. ކުޅުދުއްފުށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ފަރާތްތަކަށް އެވޯޑު ރައްދުކޮށްދެއްވީ ރައީސް އިބްރާހިމް މުޙައްމަސު ސޯލިހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: