ކުޅުދުއްފުށި ސިޓީން ހަރުފައެއް ފެނިއްޖެ އެވެ.
ގާތް ގަނޑަކަށް ދެ ފޫޓު ހުރި މިހަރުފަ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ ރަށުގައި ވިއްކަން ގެނެސްފައި ހުރި ލަކުޑިތަކެއް ތެރެއިންނެވެ.
މި ހަރުފަ ފެނިފައިވަނީ ލަކުޑިތައް ޕިކަޕަކަށް އަރުވަނިކޮން ނެވެ. މި ހަރުފައަކީ ފައިތަން އާއިލާގެ ހަރުފައެއްކަމަށް ބެލެވެ އެވެ.
މިހާރު މިހަރުފަ ވަނީ އެމްއެންޑިއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

