ހުޅުމާލޭގައި ސަރުކާރުން ހިންގާ ފުރަތަމަ ޕްރީ ސްކޫލު، މުހައްމަދު ގާސިމް ޕްރީ ސްކޫލް ހުޅުވައިފި އެވެ.
މިއަދު މުޙައްމަދު ޤާސިމް ޕްރީސުކޫލު ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މި ރަސްމިއްޔާތުގައި ނައިބް ރައީސްގެ އިތުރުން ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީގެ އިތުރުން އެމިނިސްޓްރީގެ އިސް ފަރާތައް ބައިވެރިވެ ވަޑައިގަތެވެ.
ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހަދާފައިވާ 10 ކްލާސްރޫމުގެ ޕްރީ ސްކޫލަކީ 750 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެލްކޭޖީ އާއި ޔޫކޭޖީ އަށް ކިޔަވައިދޭން ނިންމާފައިވާ ސްކޫލުގައި 20 ޓީޗަރުން މަސައްކަތް ކުރާނެ އެވެ.

