ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ކުޅިވަރުވަރުގައި ވެސް ބައިވެރި ކޮށްގެން: މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ތުއްތު އުމުރުގައި ރަނގަޅު ތަރުބިއްޔަތެއް ދަރިވަރުންނަށް ދެވޭނީ ކުޅިވަރުތަކުގައި ވެސް ބައިވެރިކޮށްގެންކަމަށް އެޑިއުކޭޝަން މިނިސްޓަރ އާއިޝަތް އަލީ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ގާސިމް ޕްރީ ސްކޫލު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއަޔާތުގައި ބައިވެރިވެ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޕްރީ ސްކޫލަށް ދަރިވަރުން ދާ އުމުރަކީ ކުޅިވަރުގައި ބައިވެރިކޮށްގެން އިލްމު އުނގަންނައިދިނުމަށް އިސްކަން ދޭންޖެހޭ އުމުރުފުރާއެއް ކަމަށެވެ.

މިކަމުގެ ސަބަބެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވީ ކުޅިވަރުގައި ބައިވެރިވުމަކީ ދަރިވަރުންގެ ސިކުނޑި ތަރައްގީވުމަށްޓަކައި ބޭނުންވާ ހުނަރުތައް ދަސްކުރުމަށް މުހިންމުކަމަކަށް ވާތީއެވެ. މި ހުނަރުތައް ދަސްނުވަނީސް ކިޔަވަން މަޖްބޫރުކުރުމުގެ ސަބަބުން މުޅި އުމުރުގައި ކުއްޖާ ކިޔެވުން މަތިން ފޫހިވުން އެކަށީގެންވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއި އެކު މިނިސްޓަރ އާއިޝަތް އަލީ ވަނީ މި ސްކޫލަކީ ދެގޮތަކުން ހާއްސަވާ ސްކޫލެއް ކަމަށްވެސް ވިދާޅުވެފައެވެ. ފުރަތަމަ ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ މި ސްކޫލަކީ ސަރުކާރުން މި ސަރަހައްދުގައި ބިނާކުރާ ފުރަތަމަ ޕްރީ ސްކޫލްކަމަށްވާތީއެވެ. އަދި ދެވަނަ ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ މިއީ މއ. ފީރުމުރަނގަގޭ ޢަލީ ފިރާޤް އޭނާގެ ބައްޕަގެ ހަނދާނުގައި ބިނާކޮށްފައިވާ ސްކޫލްއަކަށް ވާކަމެވެ.

މިރަސްމިެްޔާތުގައު ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތަނަވަސްކަމުގެ އަހުލުވެރީން، އެމީހުންނަށް މާތް ﷲ ދެއްވި ނިޢުމަތްތަކުން ތަޢުލީމީ ދާއިރާ ކުރިއަރުވަން، ޞަދަޤާތް ޖާރިޔާއެއް ކުރުމަށް، މުށް ހުޅުވައިލުމަކީ މިނިސްޓަރގެ އިލްތިމާސްކަމަށެވެ. އަދި ޢަލީ ފިރާޤްގެ މި ޢަމަލުން އިލްހާމު ލިބިގަތުމާއި އެކު އެބޭފުޅާގެ މަސައްކަތަށް ޝުކުރު ދަންނަވާފައިވެއެވެ.

މި ދުވަހަކީ ގިނަ ބެލެނިވެރިންތަކަށް ފިނި ފޮނި އިހްސާސް ކުރެވިގެންދާނެ ދުވަހެއްކަމަށް ފާހަގަ ކުރައްވަމުން އައިޝަތް އަލީ ވަނީ އެ ބެލެނިވެރިންގެ ތުއްތު ކުދިންނަށް ފުރިހަމަ އިލްމު ލިބިގަތުމަށް، އެކުދިންގެ 2 ވަނަ މަންމަ އާއި ބައްޕަގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މުޙައްމަދު ޤާސިމް ޕްރީސްކޫލުގައި ބޮޑަށް އިސްކަންދޭނީ ކުޅުމުގެ ތެރެއިން ދަރިވަރުން އުނގެނި ތަރުބިއްޔަތުކުރުމަށް ކަމަށާއި ސްކޫލުގެ މޮޓޯގައި ބުނާފަދައިން މި ސްކޫލުގައި ދަރިވަރުން ހޭދަކުރާ ކޮންމެ ދުވަހަކީ އާ ކުޅިވަރެއްގެ ތެރެއިން އާ ކަންތައްތަކެއް ދަރިވަރުން ދަސްކުރާނެ ދުވަހެއްކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: