ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔަ ކޮށާލި ގުޑުގުޑާ ދޫނީގެ ހާލު ވަރަށް ދެރަ: އީޕީއޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ހިފައި ފިޔަކޮށާލައި ވިއްކަން އުޅުނު ގުޑުގުޑާ ދޫނީގެ ހާލު ވަރަށް ދެރަ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ ޅ. މާކޯ އަށް ރިހިބެލިޓޭޓް ކުރަން ގެންދިޔަ އެ ފްލެމިންގޯ އަށް ދެވެން ހުރި ހުރިހާ ފަރުވާއެއް ދިން ނަމަވެސް އެ ފްލެމިންގޯގެ ހާލު ވަރަށް ދެރަވެފައިވާ ކަމަށެވެ.

އެ އެޖެންސީން ބުނީ ރާއްޖޭގައި މިފަދަ ތަކެއްޗަށް ފަރުވާދެވޭނެ ރަނގަޅު ރިހިބެލިޓޭޝަން ފެސިލިޓީތައް ނެތުމުން މި ތަކެއްޗަށް ދޭންޖެހޭ އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށާއި މިފަދަ ދޫނިސޫފާސޫފި ހިފައި އެތަކެތީގެ ހިޖުރަ ކުރުމަށް ހުރަސް ނާޅަންވީ މި ސަބަބާއި ހުރެ ކަމަށެވެ.

މީގެ ދެ ދުވަހެއް ކުރިން، ބާރަށުން ބަޔަކު ގުޑުގުޑާ ދޫނިތަކެއް ހިފައިގެން 30،000ރ. އަށް ވިއްކަން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެންނަމަވެސް އެރަށުން ސަލާމަތްކުރީ ވިއްކަން ޖަހާފައި އޮތް ދޫނި ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: