ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުއަށް ގޮތް ހުސްވެ މަޖުބޫރުވީބާ؟

ެައީސް ނަޝީދުއާއި ރައީސް ސާލިޙް ބައްދަލު ކުރައްވަނީ ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަޝްރަހުގައި އެންމެ ނަން ހިނގާ އެންމެ ބޮޑު ޕާޓީ، އެންމެ އެއްބައިވަންތަ ޕާޓީ ކަމަށް ބުނާ ޕަޓީގެ ތެރޭގައި ޒަމާނުއްސުރެ އަންދަމުން އައި އަލިފާންގަނޑު ފަޅައިގެން ދިޔައީ ދާދި ފަހަކުންނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ޒަމާނުއްސެރެ ރައީސް މުހައްމަދު ނަޝީދުއަކީ ޕާޓީގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނާ ބޭފުޅާއަށް ވެފައިވާއިރު އޭރު ގިނަ ބަޔަކު ތިބީ ނަޝީދު ދަށުވެ ޕާޓީތެރޭ ފިތިފައިއެވެ. ރައީށް ނަޝީދުގެ ބަހަށް ފަހު އިތުރު ބަހެއް ބުނެލަން ކެރޭނެ ވަރުގެ މީޙަކު އޭރު ޕާޓީގެ އެތެރޭގައި ނެތެވެ. އެމްޑީޕީއަކީ ރައީސް ނަޝީދެވެ. ރައީސް ނަޝީދަކީ އެމްޑީޕީއެވެ. މިބަހުގައި މިއަދު އެއްވެސް ބުރަދަނެއް އެބަހުރި ބާއެވެ.؟

ހުރިހާކަމެއްވެސް ލޯކުރިމަށްޗަށް ފެނި ހާމަވެގެން ދިޔައީ މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓު ހަމަލާއަށް ފަހުއެވެ. ރާއްޖޭގެ ތިން ބަރުގެ ތެރެއިން އެއް ވެރިޔާއަށް ދިން މި ނުރައްކާތެރި ހަމަލާގައި ރާއްޖޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރުމަށްފަހު އިތުރު ފަރުވާއަށް ބޭރަށް ފުރާވަޑައިގަންނަވިއެވެ. މަޤާމާއި މަސްއޫލިއްޔަތުތަކުން  ދުރުވެވަޑައިގެން އެމަނިކުފާނު ގާތްގަނޑަކަށް 6 މަސް ދުވަސް ހޭދަކުރައްވަން ޖެހިވަޑައިގަތީ ނަފްރަތުން ފުރިގެންވާ ބަޔަކު އެމަނިކުފާނަށް ދިން ހަމަލާ ޝިކާރައަކަށްވެ ހުންނަވައެވެ.

ރައީސް ނަޝީދުއަށް ހަމަލާދިން ވީޑިއޯ

ތަންވަޅު ބަލާ އެމްޑީޕީގެ އެތެރޭގެ ގިނަ ބަޔަކު ޕާޓީތެރޭގައި އަޑު ހަރުކޮށް  ބަސްބުނަން ފެށިއެވެ. ގޯހެއް އެބައުޅޭކަން ހާމަވާން ފެށީ ރައީސް ނަޝީދުގެ ހާލުބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުގުޅުއްވާ ކަމަށް ނަޝީދުގެ އާއިލާއިން ބުނި ހިސާބުންނެވެ. ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅިގެން މުޅި ގައުމު ޝޮކެއްގައި އޮތް އިރު އެމަނިކުފާނާއި އެންމެ ވާދަވެރި ފަރާތްތަށް ވެސް ދިޔައީ ހަމަލާ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމުންނެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުންނަށް ކަމެއް ވީހެންވެސް ހީނުވެއޭ ބުނި މީހުން މަދެއް ނޫނެވެ. މިހާހިސާބުން އެމްޑީޕީ ތެރޭގައި ދެ ފެކްޝަނެއް އުފެދި ދެބައިވެއްޖެ ކަން ހާމަވިއެވެ. ރައީސް ނަޝީދު ފެކްޝަނާއި ރައީސް ސޯލިހުގެ ފެކްޝަނެވެ.

ދެ ފެކްޝަންގެ ވާދަވެރިކަމުގެ ތެރޭގައި ބޭއްވިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް އެންމެ ގަދަޔަށް ކުރެވިގެން ދިޔައީ ހަމަ އެންމެ ސުވާލެކެވެ. އެއީ ރައީސް ސޯލިހުއާއި ރައީސް ނަޝީދުއާއި ދެމެދު އެއްވެސް މައްސަލައެއް އުޅޭތޯއެވެ. މި ސުވާލުތަކަށް ރައީސް ސޯޅިހު ދެއްވަނީ ވަރަށް ފިނި ޖަވާބެކެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ގެންދެވީ ރައީސް ސޯލިހުގެ ނިންމުންތަކާއި ސިޔާސަތުތަކަށް ވަރަށް ފާޅުކަންބޮޑުގޮތެއްގައި ފާޑު ވިދާޅުވަމުންނެވެ. ރައީސް ނަޝީޑުގެ ބޮޑާހޭކުން އިތުރުވެ ރައީސް ސޯލިހުއަށް ކެތް ނުކުރެވިގެން އެމަނިކުފާނުވެސް ވަނީ ރައީސްގެ ނުވަތަ އިސް ލީޑަރުގެ މަގާމުގެ ބާރު ދައްކަވާލައްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ގޭތެރެއިން މެޖޯރިޓީ އެމަނިކުފާނަށް އޮތްކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެއާއިއެކު ދެން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހުއާއި އެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅު އެކަން އިއުލާނުކުރައްވާފައެވެ. އަދި ސިޔާސީ މަސައްކަތް ކުރައްވަން ބޭނުންފުޅު ވަނީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު ކަން އިއުލާން ކުރައްވައި ހުށަހެޅުންތަކެއް ހުށަހެޅުއްވިއެވެ. މި ނިންމެވުމާއި އެކު އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދުއާއި ނުރުހުންވާ އެތަށް ބަޔަކު އުފެދިގެން ދިޔައެވެ. މިއާއެކު އިދިކޮޅުން ވެސް ވަނީ ރައީސް ނަޝީދުއަށް އިދިކޮޅުގައި ޖާގަނެތް ކަމަށް ވިދާޅުވަމުންނެވެ. އެހާހިސާބުން ރައީސް ނަޝީދުއާއި ކުރީގެ ރައީސް އަދި މިހާރު ޖަލު ހުކުމެއްގައި ހުންނެވި އަބްދުﷲ ޔާމިން އާއި ދެމެދު ޑީލެއް ހަދައިފި ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިހާބު ވެގެންދިޔައީ ހުރިހާ ކަމެއް ސާފު ބޯފެންހާ ސާފުވެގެން ދިޔަ ދުވަހަކަށެވެ. މި އިންތިހާބު ހުރިހާ ގޮތަކުން ވެސް ރައީސް ސޯލިހުއަށާއި ރައީސް ނަޝީދުއަށް މުހިންމު ވިއެވެ. އެއް ކަމަކީ ދެބޭފުލުންގެ ތެރެއިން ޕާޓީތެރޭގައި އެންމެ ބާރުގަދަ ބޭފުޅަކު އިންތިހާބުން ޔަގީން ވެގެންދާނެތީއެވެ. ދެވަނަ ކަމަކީ މިހުރިހާ ކަމެއްގެ ވެސް ފެށުމެވެ. ބަރުލަމާނީ ނިޒާމަކަށް ރައީސް ނަޝީދު ފެއްޓެވި ދަތުރުގެ އަލިވިލުމެވެ. ނަމަވެސް މި އިންތިހާބުގައި ރައީސް ނަޝީދުއަށް ޖެހުނީ ނާކާމިޔާބީއާއި ކުރިމަލައްވަންށެވެ. މިއީ ހުވަފެނަކުންވެސް އެމަނިކުފާނު ދެކެން ބޭނުންވާނެ ހަގީގަތެއް ނޫނެވެ.  ރައީސް ސޯލިހުގެ ފެކްޝަނުން ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރައްވާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި ކުންފުނި ތަކުގެ ވެރިން ހިމެނެއެވެ. މުޅި ސަރުކާރާއި ޕާޓީވެސް ރައީސް ސޯލިހުގެ ބާރުގެ ދަށަށް ދިޔައީއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ރައީސް ސޯލިހް މަރުހަބާ ދަންނަވަނީ

ކޮންމެއަކަސް އިނގިރޭސިވިލާތުން އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު ރައީސް ނަޝީދުގެ ރާގު ވަނީ މުޅިން ބަދަލުވެފައެވެ. އެމަނިކުފާނު މިހާރު ވަނީ ރައީސް ސޯލިހުއާއި އެކު ސިޔާސީ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު ރައީސް ނަޝީދު މިވަގުތު ސިޔާސީ ގޮތުން ގޮތް ހުސްވެއްޖެ ކަމަށް ގިނަ ބަޔަކު ކިޔަންފެށިއެވެ. އަމިއްލަ ޕާޓީއިން ބަލިވެ ވަޑައިގަތުމާއެކު ބަލި ޤަބޫލުކުރައްވާ އަމާންދިނީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ މި ހުރިހާ ޒަމާނުއްސުރެ ނަޝީދުގެ ވަފާތެރިންގެގޮތުގައި ތިބި ބޭފުޅުންގެ އިތުރުބާރު އެމަނިކުފާނަށް ލިބިދާނެތޯއެވެ؟ ނަޝީދަކީ އޭރު އެމީހުންގެ އިހްތިރާމާއި ލޯބި ލިބުނު “ރައީސް ނަޝީދަށް” ވެދާނެތޯއެވެ؟ މިއަދު ރައީސް ނަޝީދު ހަމަ އަސްލުވެސް ގޮތް ހުސްވީތޯއެވެ؟

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 58%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: