ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ ކުރަންވީ އަމަލު، ވާހަކައެއް ނޫން: ރައީސް ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދުބައީ 2020 ގެ އެކްސްޕޯގައި/ ފޮޓޯ:- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއަށް މިހާރު ކުރިމަތި ވެފައިވާ ގިނަ ގޮންޖެހުންތަކުން އަރައިގަތުމަށް ދެކެވޭ ވާހަކަ މަދުކޮށް އަމަލު ގިނަ ކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުބާއީ އެކްސްޕޯ 2020 ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔެ ކުރިމަތިލަމުން ދާ ކާނާގެ ދަތިކަމާއި މާލީ ދަތިތައް ފަދަ މައްސަލަތައް ހައްލުކުރުމަށް އަމަލު ކުރަން ޖެހޭ ކަމަށެވެ. އަދި ދެމެހެއްޓެނިވި، ތިމާވެއްޓާއި ރައްޓެހި މުސްތަގުބަލަކަށް ވާސިލުވުމަށްޓަކައި ކޮވިޑުން ލިބުނު ފިލަވާޅުތަކުގެ އަލީގައި، ވަސީލަތްތައް ގާއިމު ކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑު-19 ގެ ދަތި އުނދަގޫތަކުން އަރައިގަތުމަށް ދުނިޔޭގެ ހުރިހާ ގައުމަކުން މަސައްކަތް ކުރަމުންދާ މި ދުވަސްވަރުގައި ޔޫއޭއީއިން މިފަދަ ބޮޑު އެކްސްޕޯއެއް އިންތިޒާމްކޮށް ބާއްވާތީ ޔޫއޭއީ ގެ ލީޑަރުްންނަށް ރައީސް ވަނީ ތައުރީފުކޮށްފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި އެކްސްޕޯގައި ރާއްޖެއަށް ހާއްސަކުރި ދުވަހު ބޭނުންކުރި ކޮންސެޕްޓް ކަމަށްވާ “ދޯނި” ކޮންސެޕްޓްގެ ތަފްސީލު ދީފައިވެއެވެ. އެގޮތުން ރާއްޖޭގެ 90 އިންސައްތަ އެކުލެވިގެންވަނީ ކަނޑުކަމަށްވުމާއި އެކު، ދޯންޏަކީ ދިވެހި ދިރިއުޅުމާއި ގުޅިލާމެހިފައިވާ އެއްޗެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މި އެކްސްޕޯ އިން ލިބޭ ފުރުސަތުތަކާއި ރާއްޖޭގެ ޕެވިލިއަން އިން ބޭނުން ހިފާނީ ކުޑާ ޖަޒީރާއެއްގެ ގޮތުގައި އޮތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ފާހަގަކުރުމަށް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކަމާއި ގުޅުންހުރި ސްޓޭކްހޮލްޑަރުން ޝައުގުވެރިކުރުމަށް ދުބާއި އެކްސްޕޯ ފަދަ އެކްސްޕޯ ތަކުން އަދާ ކުރާ ދައުރު ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. މި އެކްސްޕޯ ގެ މައިގަނޑު ބޭނުމަކީ ދުނިޔޭގައި ކުރިމަތިލަމުންދާ މައްސަލަތަކަށް އައު ހައްލު ހޯދުންކަމަށް ވުމާއި އެކު މި ހަރާކަތުގެ ތެރެއިން އެކަކު އަނެކަކާއި ބައްދަލުވެ ތައާރަފުވުމަކީ ގުޅުން ބަދަހިވެގެންދާނެ ފަދަ ކަމެއްކަމަސް ވެސް ފާހަގަކުރެއްވިއެވެ.

ދުބާއި އެކްސްޕޯ ގެ އެހީގައި އެއްބަޔަކު އަނެއް ބައެއްގެ ފަރާތުން ކަންތައް ދަސްކޮށް ފަހިވެފައިވާ ފުރަސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ރަނގަޅު މުސްތަގުބަލެއް ބިނާ ކުރުމަށް މަގު ފަހިވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި ޔޫއޭއީގެ ކެބިނެޓް މެންބަރ، މިނިސްޓަރ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަރ ޖެނެރަލް، ހިޒް އެކްސެލެންސީ ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާން ބައިވެރިވެވަޑައިގެންނެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: