ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ. އަތޮޅު މަދުރަސާގެ ހޯލުގެ މަސައްކަތް ނިންމަން ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނ. އަތޮޅު މަދުރަސާގެ މަަލްޓި ޕާޕަސް ހޯލުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް ހަވާލުކޮށް އެގްރީމެންޓްގައި ސޮއި ކޮށްފިއެވެ.

މިއަދު މަސައްކަތް ހަވާލުކޮށް އެގްރީމެންޓްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަސައްކަތާއި ހަވާލުވެފައިވަނީ އަފާމީ މޯލްޑިވް އިންނެވެ.

މި މަދުރަސާގެ ހޯލުގެ މަސައްކަތް ނިންމުމަށް 300 ދުވަސް ނަގާނެކަމަށް ބެލެވޭ އިރު، މި ޕްރޮޖެކްޓް ހިނގުމަށް ހުށަހަޅުއްވާފައިވަނީ 7,155,023.44 ރުފިޔާއެވެ. 

މިނިސްޓްރީގެ ފަރާތުން އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒު އެވެ އަދި އަފާމީ މޮލްޑިވް ގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމީން އަހުމަދެވެ.

ނ. އަތޮޅު މަދުރަސާގެ މަލްޓި ޕާޕިސް ހޯލުގެ މަސައްކަތް 2022 ވަނަ އަހަރުގެ އޭޕްރީލް މަހަށް މުޅިން ނިމޭނެ ކަމީ މި މަދުރަސާގެ އުންމީދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: