ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން އެމްއެންޕީއާ މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެހީތެރިކަމަށް އެމްޑީޕީން އެދިއްޖެ އެވެ.

މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ބައްދަލުވުމާއި ގުޅޭގޮތުން އެމްއެންޕީން ބުނީ ނަޝީދުގެ ދައުވަތަކަށް އެ ޕާޓީގެ އިސް ބޭފުޅުން މިއަދު އެމްޑީޕީގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. ބައްދަލްވުމުގައި ރާއްޖެއަށް ދިމާވެފައިވާ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަން އިސްލާހު ކުރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތަކާއި ގުޅޭގޮތުންވެސް ވާހަކަ ދެކެވުނު ކަމަށް ބުންޏެވެ.

އެ ގޮތުން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން އެކަމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

އެމްއެންޕީން ބުނީ ގައުމުގެ މުސްތަގުބަލާއި ގުޅޭ އެފަދަ މުހިންމު ނިންމުންތައް ނިންމުމުގެ ކުރީން ރައްޔިތުންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަަމަށެވެ. އަދި މިއަދު މަޝްވަރާ ކުރެވުނު ކަންކަމާމެދު އެމްއެންޕީން ގޮތްތަކެއް ނިންމާނީ ރައްޔިތުން ދެކޭ ގޮތް ސާފު ކުރުމަށް ފަހު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: