ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރުހަކު ދަންޖެހުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އައިޖީއެމް ހޮސްޕިޓަލް...
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި މަސައްކަތްކުރި އަންހެން ނަރުހަކު އަމިއްލައަށް މަރުވި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް “ސަންގު” އަށް ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރު ފިލިޕީންސަށް ނިސްބަތްވާ ފިރިހެނެއްކަމަށެވެ. ބެލެވޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ އޭނާ ފިރިމީހާއެވެ. ފުލުހުން ބުނީ އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ

އައިޖީއެމްއެޗްގެ ނަރުހަކު ދަންޖެހިފައިވާ ވަނީ މިދިޔަ ހުކުރުދުވަހު އޭނާ ދިރިއުޅެމުންދާ ގޭގައެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ އަކީ އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓުގައި މަސައްކަތް ކުރަމުން އަންނަ ފިލިޕިންސްއަށް ނިސްބަތްވާ ނަރުހެކެވެ. އަދި އޭނާ ފެނުނުއިރު މަރުވިތާ ދެ ދުވަސް ވެފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ދަންޖެހުނު ކަމަށް ބުނާ ނަރުހުގެ މައްސަލަ މަރާލާފައިވާ މައްސަލައެއްގެ ގޮތުގައި ބަލަންފަށާފައިވާ ކަމަށާއި އޭނާ މަރާލި ކަމުގެ ތުހުމަތު އޭނާގެ ފިރިމީހާއަށް ކުރާކަމަށް ބައެއް މިޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް މިހާތަނަށް މި މައްސަލަ މަރާލާފައިވާ މައްސަލައެއްގެ ގޮތުގައި ބަލަން ފަށި ކަމަކަށް ފުލުހުން ހާމައެއް ނުކުރެއެވެ.

އޭނާގެ ފިރިމީހާއަކީވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެއް ކަމަށް މައުލޫމާތުލިބެއެވެ. ނަރުސްގެ މަރާއި ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ ދަން ޖެހިފައި ހުރި ކަމަށް ބުނެ ނަރުސް މީހާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުން ދަން ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: