ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލައިން ސްކޫލް ހިންގަން ގަން އެއާޕޯޓާއެކު ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ގަމުގައި މޯލްޑިވިއަން އިން ހިންގުމަށް ހަމަޖެހިފައިވާ ފްލައިން ސްކޫލާއި ގުޅޭ އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އާއެކު ސޮއި ކޮށްފިއެވެ.

ގަން އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖޮއިންޓް ވެންޗާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ތަނުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އައްޑޫ ސިޓީގެ މެޔަރު އަލީ ނިޒާރުގެ އިތުރުން އެންއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އައްޑޫގައި މީީގެކުރިން ފްލައިން ސްކޫލް ހިންގަމުން އައިސްފައިވާ ސްރީ ލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އާއެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެފައިވާއިރު އެއްބަސްވުން އާނުކުރަން އޭއައިއޭ އިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: