ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުންނަށް ބަދަލުދޭން ޖެހޭނީ އޭއޭއޭގެ ފައިސާއިން، ސަރުކާރަކުން ނޫން: ރޮޒައިނާ

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަށުން އައްޑޫގައި ހިންގާ ފްލައިން ސުކޫލްގެ ދަރިވަރުންނަށް ބަދަލުދޭން ޖެހޭނީ އޭއޭއޭ އިން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިން ސްކޫލްގައި ހިނގަމުންދާ ކަންކަމަށް އޭއޭއޭ އިން ޒިންމާ ނަގަންޖެހޭ ކަމަށާއި އަދި ދަރިވަރުންނަށް ގެއްލުމުގެ ބަދަލުވެސް ދޭންޖެހޭ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ފައިސާ އަކީ ސަރުކާރުން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި އެހެން ރައްޔިތުން މީގެ ޒިންމާ ނަގަން ނުޖެހޭ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

“ދަރިވަރުންނަށް ބަދަލު ހޯދައިދޭން ޖެހޭނީ ސީދާ އޭއޭއޭ ގެ ފައިސާ އިން. މިކަމާ ބަންޑާރަ ނައިބުގެ މަޝްވަރާ ވެސް އަޅުގަނޑު ހޯދާނަން” ރޮޒެއިނާ ވިދާޅުވިއެވެ.

ފްލައިން ސްކޫލްގެ މައްސަލަ އަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، ފްލައިން ސުކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގށާމުގައި ހުރި ސިރަންޖަން ޑި-ސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބާތިލް ކޮށްފައެވެ.

ޓްރާސްޕޯޓް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައްޑޫގައި ހިންގާ ފްލައިން ސުކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމާއި ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފްލައިން ސުކޫލްގެ މެނޭޖްމަންޓުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ މައްސަލަ ބެލުމަށްފަހު ފްލައިން ސުކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގށާމުގައި ހުރި ސިރަންޖަން ޑި-ސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަތުލުމަށް ނިންމާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ފްލައިން ސުކޫލުގެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސުކޫލުގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެ މަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު މިހާރު ލިޔުމުން ދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: